ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1) / ނ. ގޮފި

މަޤާމް:         އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:      01 (އެކެއް)

މުސާރަ:         -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:     -/3,000 ރުފިޔާ

ރިސްކް އެލަވަންސް:     -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  ނ. މަނަދޫ / ނ. ގޮފި

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާ އެންމެހައި އެންޓްރީތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތައް ކުރުމާއި  އެންޓްރީސްތަކަށް ފިޔަވަޅުއެޅުމަށް ވަކީލުން ހަމަޖެއްސުން
  • މައްސަލަތަކުގެ އަޑުއެހުންތަކާއި ގުޅިގެން ލިބޭ ކޯޓް އަމުރުތަކަށް ކޯޓު ހަމަޖެއްސުމާއި، ވަކީލުން ހަމަޖެއްސުމުގެ މަސައްކަތްކުރުން
  • ކުށުގެ ރެކޯޑް ބަލައި އެކަމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  • މައްސަލަތަކާއި އަދި ސެކްޝަން މަސައްކަތްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ދަތުރުތައް ހަމަޖެއްސުން
  • ކޯޓުތަކަށް މައްސަލަތައް ހުށައެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުން
  • އަހަރީ ރިޕޯޓަށް އަދި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ ތަފާސް ހިސާބު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  • ޕްރޮސިކިއުޝަން ސަޕޯޓުގެ އެހެނިހެން މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 8 ފެބުރުވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

 

ނޯޓް:   1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

     2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

     3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 11 ފެބުރުވަރީ 2024 – 7 މާރިޗު 2024 އާ ދެމެދު މާލޭގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

 

21 ރަޖަބު 1445

 

01 ފެބުރުވަރީ 2024
ހޯދާ