ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް      

    ވޭމަންޑޫ،

   ދިވެހިރާއްޖެ،                             ނަންބަރު:N-11-C/2024/2

 

އިއުލާން

 

ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގައި ކުރަންހުރި ބައެއް އެހެން މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުގެ ނަންބަރ  N-11-C/2024/1 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 08 ފެބުރުވަރީ 2024 ދުވަހުގެ 13:00 އަށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަސައްކަތާބެހޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ފެބުރުވަރީ 2024 ދުވަހުގެ 13:00 އަށް ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި  ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ހާޟިރުވި ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މިކަމާގުޅިގެން އިތުރަށް މައުލޫމާތު ބޭނުންފުޅުވެއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުއްވުމުން، އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 21 ރަޖަބު 1445

 01 ފެބުރުވަރީ 2024

01 ފެބުރުވަރީ 2024
ހޯދާ