ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށި ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރުން

                                                 ޢިއުލާން

                ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)247-EDSS/247/2022/46 (22 މެއި 2022) އަދި (IUL)247-EDSS/247/2022/55 (14 ޖޫން 2022) ގެ އިޢުލާނާއި ގުޅިގެން  އެކަށީގެންވާ ފަރުމާއެއް ލިބިފައި ނުވާތީ، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އަދި މި އިދާރާއިން ކުރި ނަންބަރު (IUL)247-EDSS/247/2022/46 (22 މެއި 2022) އަދި (IUL)247-EDSS/247/2022/55 (14 ޖޫން 2022) ގެ އިޢުލާނާއި ގުޅިގެން ފަރުމާ ހުށަހެޅުއްވި ފަރާތްތަކަށް އެފަރުމާތަކަށް ބަދަލު ގެނެސް އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

               އެހެންކަމުން ހޯރަފުށީ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބްރުއަރީ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން މޮނިއުމެންޓު ފަރުމާކޮށް ދެއްވުމަށްފަހު މޮނިއުމެންޓު ޑިޒައިންގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލްއަށެވެ. އަދި ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ  ތެރެއިން 1 ވަނަ އަށް ހޮވޭ މޮނިއުމެންޓު ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް -/10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

މޮނިއުމެންޓު ފަރުމާކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް :

ހ. ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ.

ށ. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއެއް ހުށަހަޅައިގެން ނުވާނެއެވެ.

ނ. ޑިޒައިން ވާންވާނީ ތަފާތު ޑިޒައިން އަކަށެވެ.

ރ. ޑިޒައިން ހުށައަޅާއިރު އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.

ބ. ޑިޒައިން ހުށަހަޅާއިރު މޮނިއުމެންޓް އެކި އޭންގަލް ތަކުން ފެންނާނޭގޮތް ހުށަހަޅަންވާނެއެވެ.

ޅ. މޮނިއުމެންޓް ޑިޒައިން ރޭގަނޑު ވެސް ފާޅުވާނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ.

ކ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 0 އަމިއްލަ އުފެއްދުމަކަށެވެ.

އ. ހުށައަޅާ ޑިޒައިން ސިމެންތިން ނުވަތަ އެނޫންވެސް މައުދަނަކުން ބިނާކުރެވޭނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ. އަދި ބިނާކުރުމުގައި ސަމާލްކަންދޭންޖެހޭ ކަމެއްވާނަމަ އެކަން ލިޔުމުން ތަފްސީލްކޮށްދޭންވާނެއެވެ.

ވ. މޮނިއުމެންޓް ޑިޒައިންކުރާއިރު، މޮނިއުމެންޓްގެ ވަކި ވަކި ބައިތައް ބިނާކުރާނެ މައުދަންތައް ވަކިވަކިން ތަފްސީލްކޮށްދޭންވާނެއެވެ. އަދި ބޭނުންކުރާ ތަކެއްޗަކީ ދިގުމުއްދަތަކަށް ހަލާކުނުވެ ހުންނާނޭފަދަ ތަކެއްޗަށް ވާންވާނެއެވެ.

މ. މޮނިއުމެންޓް ބިނާކުރުމަށް ބޭނުންވާނެ "ތަފްސީލީ ކުރެހުން" ހުށަހަޅަންވާނެއެވެ.

ފ. މޮނިއުމެންޓަކީ (1150 އަކަފޫޓް) ގެ ސަރަޙައްދެއްގައި ބިނާކުރާ މޮނިއުމެންޓެއް ކަމުން މި މިންތަކަށް ފިޓްވާނޭގޮތަށް ޑިޒައިން ތަފްސީލީ މިންތަކާއިއެކު ހުށައަޅަންވާނެއެވެ.

ދ. މޮނިއުމެންޓް ބިނާކުރާ ސަރަޙައްދުގެ ފޮޓޯ މިންތަކާއިއެކު މި މަޢުލޫމާތު ކަރުދާހުގައި ހިމެނިފައި ވާނެއެވެ.

ތ. ހުށަހަޅާ މޮނިއުމެންޓުން ހޯރަފުށި ރަމްޒުކޮށްދޭންވާނެއެވެ. ހޯރަފުއްޓަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރުކޮށްދޭންވާނެއެވެ.

ލ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގެ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވަންވާނެއެވެ.

ގ. މޮނިއުމެންޓް ޑިޒައިން ރީސައިޒްކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން އަސްލު ގެއްލިގެން ނުވާނެއެވެ.

ޏ. މޮނިއުމެންޓް ޑިޒައިންހުށަހަޅާނި އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއެކެވެ.

ސ. މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.

ޑ. މޮނިއުމެންޓް ޑިޒައިންގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.

ޒ. މޮނިއުމެންޓްމެންގައި " ހޯރަފުށި" މި ލަފްޒު އިނގިރޭސި އަދި ދިވެހިން ލިޔެފައި އިންނަންވާނެއެވެ.

ޓ. މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދޭންވާނެއެވެ.

ޔ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސް ދޭން ވާނެއެވެ.

ޕ. ޑިޒައިން އަށް ބިނާކޮށް، ޑިޒައިންގައި ބޭނުންކުރާނެ ކުލަ ޑިޒައިން ކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ކުލައަށް ބަދަލެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިން އެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ކުލައަށް ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދޭން ވާނެއެވެ. އަދި ބޭނުންކުރި ކުލަތަކުގެ ތަފްސީލް ކުލަ ކޯޑުތަކާއި އެކު ހުށައަޅަންވާނެއެވެ.

ޖ. މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ސެކްޝަން 2 ގެ ވ. މ. ފ. އަދި ޓ. ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ހުށަހަޅަން ޖެހޭ ތަކެތި :

  1.  ތިރީގައިވާ ތަކެތި ހަމައަށް ހުށަހަޅަންވާނެއެވެ.

 

ޑިޒައިން އާއިއެކު ހުށަހަޅަން ޖެހޭ ސެކްޝަން 2 ގައި ބުނެފައިވާ ތަކެތި.

 

ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީއެއް އަދި ގުޅޭނެ ނަންބަރު.

 

ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

                                            21 ރަޖަބް      1445

01 ފެބުރުވަރީ 2024
ހޯދާ