ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ބަރަކާތު މިސްކިތުގެ ފާޚާނާ ބޮލޮކްގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގެ ފާޚާނާ ބްލޮކްގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއިޢުލާނާއިއެކު، އަމިއްލަ ތަކެތީގައި، މިމަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

01 ފެބްރުއަރީ 2024 އިން  06 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:30 އާއި ހަމައަށް ތިރީގައިވާ ލިންކުގައިވާ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން.

ލިންކް: https://forms.gle/LNqKAWeHDpfpH5N5A

ޕްރީބިޑް ސެޝަން:

06 ފެބްރުއަރީ 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވިގެންދާނެ.)  

ބީލަން ހުށަހެޅުން:

15 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި)

         

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ބީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.       

      

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

01 ފެބުރުވަރީ 2024
ހޯދާ