ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ސްްކޫލުގެ ފާޚާނާ ޖަންގްޝަންތައް ނަރުދަމާ ނިޒާމާގުޅާލައި، ބޯފެނުގެ ނިޒާމު، ފެނުގެ ނިޒާމާގުޅާލައި ވޯޓަރ ޕިޔުރިފައި 2 މެޝިން އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ފާޚާނާ ޖަންގްޝަންތައް ނަރުދަމާ ނިޒާމާގުޅާލައި، ބޯފެނުގެ ނިޒާމު، ފެނުގެ ނިޒާމާގުޅާލައި ވޯޓަރ ޕިޔުރިފައި 2 މެޝިން އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މަސައްކަތަށް ބޭނުންވާ މައިގަނޑު ބައެއްތަކެތި ދިނުމުން، (އަމިއްލަ ތަކެތީގައި) މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން، ސްކޫލުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް ސްކޫލަށް ދުރުވެ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެނުލައްވާ ފަރާތްތަކުން އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށައަޅުއްވާ އަންދާސީ ހިސާބު، ބަލައި ނުގަނެވޭނެ ވާހަކަ، މި ފުރުޞަތުގައި ދަންނަވަމެވެ.

 

#

ތަފްޞީލު

ގަޑި

ތާރީޚް

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11:30

04 ފެބުރުވަރީ 2024

ކަމަދޫ ސްކޫލް އޮފީސް

2

އަންދާސީ ހިސާބު ހުށައެޅުން

11:30

12 ފެބުރުވަރީ 2024

ކަމަދޫ ސްކޫލް އޮފީސް

    

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ފެބުރުވަރީ 2024
ހޯދާ