މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހުޅުމާލޭގައި ޢިިމާރާތްކޮށްފައިވާ 704 ފުލެޓުގެ ކުލިން %20 ކުޑަކުރުމާއި ގުޅޭ

ހުޅުމާލެ ފޭސް 1 ގައި ހިމެނޭ ސޯޝަލް ހައުސިންގ ޔުނިޓުތަކަށް ދައްކަންޖެހޭ މަހު ކުލިން %20 (ވިހި އިންސައްތަ) ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިިމާރާތްކޮށްފައިވާ 704 ފުލެޓުގެ ކުލިން %20 (މެއިންޓަންސް/މެނޭޖްމަންޓް ފީ ނުހިމަނައި) ކުޑަކުރުމަށް މި މިނިސްޓްރީން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. މިގޮތަށް ކުލިން %20 ކުޑަކުރުމަށް ނިންމާފައިވަނީ ފެބުރުވަަރީ 2024 އިން ފެށިގެން ކަމުގައި ދަންނަވަމެވެ.

01 ފެބުރުވަރީ 2024
ހޯދާ