މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މަޤާމް :ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

 

އިޢުލާން

މަޤާމް:

ޑިރެކްޓަރ ޖެނެރަލް                                                           

 

މަޤާމުގެ ނަންބަރު:

J-396448

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އީ.އެކްސް.5

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް                                           

 

ޑިޕާޓްމަންޓް / ސެކްޝަން:

ޕިޒިކަލް ޕްލޭނިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

 

މުސާރަ:

މަހަކު -/13890 ރުފިޔާ

 

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ނެޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/1500 ރުފިޔާ (މަހަކު) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މަހަކު)
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މި މިނިސްޓްރީގެ އެހެން ސެކްޝަންތަކާއި / ސަރުކާރުގެ އެހެނިހެން އިދާރާތަކަށް، އާރބަން ޕްލޭނިންގ، ސްޕޭޝަލް ޕްލޭނިންގ، ޕްލޭނިންގ އެޕްރޫވަލްސް، ރެޖިއުލޭޝަން، އަދި ޑިވެލޮޕްމަންޓް ކޮންޓްރޯލްސް އާއި ގުޅޭގޮތުން ދޭންޖެހޭ ފަންނީ ލަފާ ދިނުން.
  2. އަރބަން ޕްލޭނިންގގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެ މަސައްކަތް ރާވާ ހިންގާ އަދި ޓެކްނިކަލް އިންޕުޓް ދިނުން.
  3. އަރބަން ރީޖެނެރޭޝަން އަދި އަރބަން ރިހެބިލިޓޭޝަން މިންގަނޑުތައް ކަނޑައެޅުމާއި، އެކަމުގެ ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ރާވާ، ހިންގާ އަދި ޓެކްނިކަލް އިންޕުޓްދިނުމާއި އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.
  4. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން އަލުން ތަރައްޤީކުރުމަށް ކަނޑައަޅާ ސަރަހައްދުތަކަށް އަރބަން ރީޑިވެލޮޕްމަންޓުގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރީޑިވެލޮޕްމަންޓް ޕްލޭންތައް ތައްޔާރުކުރުމުގައި ޓެކްނިކަލް އިންޕުޓް ދިނުމާއި  އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.
  5. އެހެން އިދާރާތަކުން ހުށަހެޅޭ ރީޑިވެލޮޕްމަންޓް ކޮންސެޕްޓް ޕްލޭންތައް އެސެސްކޮށް އެޕްރޫވްކުރުމުގައާއި އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތަކަށް ތައްޔާރުކުރެވޭ ތަފްސީލީ ފަންނީ ކުރެހުންތައް އެސެސްކުރުމުގައި ޓެކްނިކަލް އިންޕުޓް ދިނުމާއި، އެ މަސައްކަތް ކުރެވޭތޯ ބެލުން
  6. މާލޭ ރީޑިވެލޮޕްމަންޓް އާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ކޮންސެޕްޓް ޕްލޭންތައް އެކުލަވާލުމާއި ޑީޓޭލް ޑިޒައިން ތައްޔާރުކުރުމުގައި ސިޓީ ކައުންސިލްއަށް ދޭންޖެހޭ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާތޯ ބެލުން.
  8. ޑިޕާޓްމަންޓުން ހިންގޭ މަސައްކަތާއި ގުޅޭ ދާއިރާއިން ތަމްރީން ބޭނުންވާ މުވައްޒަފުންނަށް އިތުރު ތަމްރީން ދިނުމަށް މަގުފަހިކުރުން.
  9. ރާއްޖޭގެ ސަރަޙައްދީ ފިޒިކަލް ޕްލޭންތައް ތައްޔާރުކުރުމާއި، އާބާދީ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ރާވާ ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން.
  10. މާލޭ އަދި ރަށްރަށުގެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ޤަވާޢިދު އެކުލަވާލާ، އެޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް، ސަރުކާރުގެ އެހެންދާއިރާތަކާއި މި މިނިސްޓްރީގެ އިސްވެރިންގެ ލަފާގެމަތިން ގެނައުމުގެ މަސައްކަތާއި މި ޤަވާއިދާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްދޭތޯ ބެލުން.
  11. އާބަން ސަރަޙައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަޙައްދުތަކުގައި ހިމެނޭ އާބަން އޭރިޔާތަކާއި ޚިދުމަތްދޭ މަރުކަޒުތަކާއި، އިޤްތިސާދީ، އިޖްތިމާޢީ ކަންކަމަށް ކަނޑައެޅިފައިވާ ސަރަޙައްދު ނުވަތަ ރަށްރަށް ހިމެނޭގޮތަށް، އާބަން ސަރަޙައްދުގެ މާސްޓަރ ޕްލޭން ހަދައި، މައިގަނޑު އިންފްރާސްޓްރަކްޗަރ ތަކާއި ޚިދުމަތްތައް އިންޓަގްރޭޓް ކުރެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތް ރާވާ ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން.
  12. މާލޭގެ ރީޑިވެލޮޕްމަންޓް އާއި އަރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް އަދި ރިވިއުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދަންޖެހޭ ސާރވޭތަކާއި އެސެސްމަންޓްތައް، ސަރުކާރުގެ އެހެން މުޢައްސަސާތަކާއި ގުޅިގެން ތައްޔާރުކުރުމުގެ މަސައްކަތް ކުރުވާ އެކަމަށް މަގުފަހިކޮށްދިނުން.
  13. އާބަން ސެންޓަރުތައް ތަރައްޤީކުރުމަށް، އެކިއެކި ފަރާތްތަކުން ހިންގާ މަޝްރޫޢުތައް މޮނިޓާކޮށް އާބަން ސަރަޙައްދުތަކުގެ މާސްޓަރ ޕްލޭންގައި ކަނޑައެޅިފައިވާ މަޤްސަދުތައް ހާސިލްވޭތޯ ބެލުމުގެ މަސައްކަތް ރާވާ، ހިންގާ އަދި ޓެކްނިކަލް އިންޕުޓް ދިނުން
  14. މިނިސްޓްރީގެ މަސައްކަތްތަކަށް ބޭރުގެ އެކްސްޕަރޓުން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ފަރާތްތަކުގެ ފަންނީ އެހީހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރު ކުރުވާ އެކަމަށް މަގުފަހިކޮށްދިނުން.
  15. ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފައާއި ހުނަރު ފޯރުކުރުމަށްޓަކައި، އަތޮޅުތަކަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުންތައް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތް ރާވާ ހިންގާތޯ ބެލުން.
  16. މިހާރު އާބާދުކުރެވިފައިވާ އަދި އަލަށް އާބާދުވަމުންދާ ރަށްރަށުގެ ބިނާވެށީގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ބިން ނުވަތަ ޖާގަ ކަނޑައެޅުމަށާއި، އަދި އެފަދަ ތަންތަން ތަރައްޤީކުރުމަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރޭތޯ ބެލުން.
  17. ތަރައްޤީގެ މަސްރަހަށް އަންނަ ބަދަލުތަކާއި ގުޅިގެން އާބަން ސެންޓަރުތަކުގެ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންތައް މުރާޖާކޮށް، ޤައުމީ ތަރައްޤީގެ ޕްލޭނުގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި މާސްޓަރ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރާވާ ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން
  18. ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި މުޅިރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމަންޓް އޮނިގަނޑެއް ކަނޑައަޅައި، މި އޮނިގަނޑުގެ ދަށުން ތައްޔާރުކުރެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، މިންގަނޑުތަށް ކަނޑައަޅައި، އެފަދަ ޕްލޭންތައް ކުރެވެނީ މި އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ރާވާ ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން
  19. ބިމާބެހޭ ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކުރުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތްތަކުގައި ޓެކްނިކަލް އިންޕުޓްދީ އަދި މިކަން ކުރިޔަށްދޭތޯ ބެލުން.
  20. ރާއްޖޭގެ ރަށްރަށުގެ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލައިލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ލޭންޑް ޔޫޒް ޕްލޭންތައް ފާސްކުރުމާއި، މި ޕްލޭނާ ގުޅޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ހެދުމާއި، ހިންގުމުގެ އޮނިގަނޑު އެކުލަވައިލުމުގައި ޓެކްނިކަލް އިންޕުޓް ދިނުން އަދި މި މަސައްކަތް ކުރިއަށް ދޭތޯ ބެލުން.
  21. ދައުލަތުގެ އެކި އެކި ބިންތަކުން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ބަލާ ހޯދުމުގެ މަސައްކަތް ރާވާ ހިންގުން
  22. ބިމާބެހޭގޮތުން ސަރުކާރުން އެހެން ފަރާތްތަކާއެކު ހަދާ އެއްބަސްވުންތައް ތަންފީޒްކުރުމުގެ މަސައްކަތް ކުރިއަށް ދޭތޯ ބެލުން
  23. ރާއްޖޭގެ ސަރަޙައްދީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ދިރާސާތަކާއި މަޝްވަރާތައް ކުރުމުގެ މަސައްކަތް ރާވާ ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން
  24. "ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދު" އަޕްޑޭޓްކޮށް ގެންނަންޖެހޭ ބަދަލުގެނެސް އިސްލާޙުކުރުމާއި އަދި މިޤަވާޢިދުގެދަށުން ބިންދޫކުރުމާއި ބެހޭގޮތުން ހަދަންޖެހޭ ގައިޑްލައިންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއި މިކަން ކުރިޔަށްދޭތޯ ބެލުން.
  25. ރާއްޖޭގެ އާބަން ސަރަޙައްދުތަކުގެ މާސްޓަރ ޕްލޭންތައް ތައްޔާރުކުރުމަށް އަދި ރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ދިރާސާތަކާއި މަޝްވަރާތައް ކުރުމުގެ މަސައްކަތް ރާވާ ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން
  26. ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒިފާ އަދާކުރުމާއި ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          ޑިވެލޮޕްމަންޓް ސްޓަޑީޒް

-          އެންވަޔަރަންމެންޓަލް ސައިންސް

-          ޕޮލިސީ ސްޓަޑީޒް

-          ސޯޝިއަލް ޕޮލިސީ

-          ސްޕާޝިއަލް ސައިންސް

-          ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

-          އަރބަން ޕްލޭނިންގ

-          އާބަން ސްޓަޑީޒް

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

މުނިސިޕަލް ސާވިސަސް

-          ސޯޝަލް ސައިންސް

-          އަރބަން ޕްލޭނިންގ

-          ޑިވެލޮޕްމަންޓް ޕްލޭނިންގ

މަޤާމުގެ ކޯ ޑިސިޕްލިންތައް:

-          ޑިވެލޮޕްމަންޓް ސްޓަޑީޒް

-          ޕޮލިސީ ސްޓަޑީޒް

-          ސޯޝިއަލް ޕޮލިސީ

-          ސްޕާޝިއަލް ސައިންސް

-          ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް

-          އަރބަން ޕްލޭނިންގ

-          އާބަން ސްޓަޑީޒް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

    (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

 

 

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

 

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

 

 

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 

 

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

 

 

ޕްރެޒެންޓޭޝަން

10

 

 

އިންޓަރވިއު

30

 

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓާއި ޕްރެޒެންޓޭޝަން ދެވޭނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 11  ފެބުރުވަރީ 2024 އާއި 29 ފެބުރުވަރީ 2024 އާއި ދެމެދު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް/ ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004775 ނަންބަރު ފޯނަށް ނުވަތަ 4004708 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

 

01 ފެބުރުވަރީ 2024
ހޯދާ