މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް                                                     

 

މަޤާމުގެ ނަންބަރު:

J-395547

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އީ.އެކްސް.3

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް                                     

 

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޑިވިޝަން

 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

 

މުސާރަ:

މަހަކު -/11065 ރުފިޔާ

 

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ނެޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/1300 ރުފިޔާ (މަހަކު) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މަހަކު)
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އިދާރާއިން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް މާލީ ވުޒާރާއަށް ހުށަހެޅުން.
  2. އިދާރާއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އިދާރާއިން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމަނައިގެން، އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް މާލީ ވުޒާރާއަށް ހުށަހެޅުން.
  3. ބަޖެޓުގައި ނުހިމެނޭ މަޝްރޫއެއް މާލީ އަހަރުގެ ތެރޭގައި ފަށަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޝްރޫޢާގުޅޭ މަޢުލޫމާތު މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިން ހުށަހެޅުން.
  4. އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓުން ވަކި ކަމަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރުނުވާނެހެން ޚަރަދުތައް މޮނިޓަރކޮށް ބެލެހެއްޓުން.
  5. މެޓީރިއަލްސް މެނޭޖްމަންޓް (އެމް.އެމް) މޮޑިއުލް އިމްޕްލިމެންޓްކޮށްފައިވާ އިދާރާތްތަކުން މުދަލާއި ޚިދުމަތަށް އެދޭ ފޯމްތައް ތައްޔާރުކުރުމުގެ މަސައްކަތާއި މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމަށް ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެމް.އެމް މޮޑިއުލްއިން ކަން ކަށަވަރުކުރުމާއި، އެ މޮޑިއުލްގައި މަޢުލޫމާތު ގެންގުޅުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް މަޢުލޫމާތުތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.
  6. ޕަބްލިކް އެކައުންޓިންގް ސިސްޓަމް މެދުވެރިކޮށް ކުރާ ޚަރަދުތައް ކުރެވެނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން
  7. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ބަޔާންކުރާ ކޭޝްފްލޯ ޕްލޭން މާލީ ވުޒާރާއިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ހުށަހެޅުން.
  8. އިދާރާގެ ޚަރަދުކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމުގައި ޢަމަލު ކުރާނެގޮތުން އިރުޝާދުތައް ދިނުން.
  9. ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (މާރިޗު 31 ގެ ނިޔަލަށް) އެ އިދާރާގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން އެ އިދާރާއެއްގެ މާލީ ހިސާބުތައް، މާލީ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން..
  10. ޕަބްލިކް އެކައުންޓިންގ ސިސްޓަމްއިން މަހުން މަހަށް ބަލަންޖެހޭ ރިޕޯޓުތައް ބެލުން.
  11. ހިނގަމުންދާ އަހަރެއްގެ ތެރޭގައި މަޝްރޫޢުތަކަށް އަންނަ ބަދަލުތައް ގަވާއިދުން މާލީ ވުޒާރާއަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަމުން ގެންދިއުން.
  12. އިދާރާއާއި އެ އިދާރާގެ ބެލުމުގެ ދަށުގައިވާ އިދާރާތަކަށް ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާއާއި ހިލޭއެހީގެ ދަށުން ހިންގާ މަޝްރޫއުތަކާއި، ޓްރަސްޓް ފަންޑުތަކާއި، ވަގުތީ ގޮތުން ބެހެއްޓޭ ފައިސާގެ އަހަރީ ހިސާބުތައް ކޮންމެ މާލީ އަހަރެއް ނިމުމުން މާލީ ވުޒާރާއިން ކަނޑައަޅާ ތާރީޚަށް ހުށަހެޅުން.
  13. އިދާރާއާއި އެ އިދާރާގެ ބެލުމުގެ ދަށުގައިވާ އިދާރާތަކަށް ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާއާއި ހިލޭއެހީގެ ދަށުން ހިންގާ މަޝްރޫއުތަކާއި، ޓްރަސްޓް ފަންޑުތަކާއި، ވަގުތީ ގޮތުން ބެހެއްޓޭ ފައިސާގެ އަހަރީ ހިސާބުތައް ކޮންމެ މާލީ އަހަރެއް ނިމުމުން މާލީ ވުޒާރާއިން ކަނޑައަޅާ ތާރީޚަށް ހުށަހެޅުން.
  14. މާލީ ވަޒީރުގެ ހުއްދަ އާއެކު ހުޅުވޭ އެކައުންޓުތަކުގެ ހިސާބުތައް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ބެލެހެއްޓޭކަން ކަށަވަރުކުރުން. މީގެ ތެރޭގައި އެކައުންޓްތައް މަހުން މަހަށް ރިކޮންސައިލްކުރުން ހިމެނެއެވެ.
  15. މާލީ އަހަރުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާ ގަވާއިދުން ދައުލަތުގެ ހިސާބުގައި ހިމެނުމަށްޓަކައި މާލީ ވުޒާރާއިން ކަނޑައަޅާގޮތެއްގެ މަތިން އެ ވުޒާރާއަށް ފޮނުވުން.
  16. މާލީ އަހަރެއް ނިމުމުން  އިދާރާއިން ހުޅުވާފައިވާ އެކައުންޓުތަކުގެ ސްޓޭޓްމަންޓް ތައްޔާރުކޮށް މާލީ ވުޒާރާއަށް ހުށަހެޅުން.
  17. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުގެ ޕްރޮކިއުމަންޓާއި ޓެންޑަރިންގއާބެހޭ ކަންތައްތައް ކުރިއަށްދަނީ މާލިއްޔަތުގެ ގަވާއިދާއި މާލީ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
  18. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުގެ ޕްރޮކިއުމަންޓާއި ޓެންޑަރިންގއާބެހޭ އެއްވެސް ކަމެއް މާލިއްޔަތުގެ ގަވާއިދާއި މާލީ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތަކާ ތަޢާރުޒުވާގޮތަށް ދާކަން ފާހަގަކުރެއްވިޖެނަމަ، އެ ކަމެއް ވަގުތުން ހުއްޓުވައި، އެ ކަމެއް އިސްލާހުކޮށް، އެ ކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައި، އެ ފަދަކަމެއް ހިނގުމަށް މެދުވެރިވި ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އެޅުން.
  19. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާ މަޝްރޫޢުތަކަކީ މާލީގޮތުން ދެމެހެއްޓެނެވި އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވޭ މަޝްރޫޢުތަކެއް ކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން.
  20. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުން ކުރިއަށް ގެންދާ ހުރިހާ މަޝްރޫޢުތަކުގެ މާލީ ކަންތައްތައް ކުރިއަށްދަނީ ޤާނޫނުތަކާއި ގަވާއިދުތަކާއި ދައުލަތުން ކަނޑައަޅާފައިވާ އިޖުރާތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
  21. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުން ކުރިއަށް ގެންދާ ހުރިހާ މަޝްރޫޢުތަކުގެ މާލީ ހިސާބުތައް ގަވާއިދުން ބަލަހައްޓައި، ހަމަޖެހިފައިވާ އިޖުރާތުތަކާއެއްގޮތަށް އެފަދަ މަޢުލޫމާތުތައް އާންމުކުރުން.
  22. އިދާރާއާއި އިދާރާގެ ދަށުން ހިނގާ އެންމެހާ އިދާރާތަކުން ކުރިއަށް ގެންދާ ހުރިހާ މަޝްރޫޢުތަކުގެ މާލީ ހިސާބުތަކާބެހޭ ގޮތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
  23. ސުޕަވައިޒްކުރާ ހުރިހާ މުވައްޒަފުންނަކީ މާލީ އަދި ހިސާބު ބެލެހެއްޓުމަށް އެކަށޭނަ، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންކަން ކަށަވަރުކުރުން. އަދި ފައިސާއާއި މާލީ ހިސާބުތައް ބެލެހެއްޓުމާބެހޭ އިރުޝާދުތަކާއި ތަމްރީން ޕްރޮގްރާމްތަކުގައި ބޭނުންކުރާ މަޢުލޫމާތުތައް ހުރިހާ މުވައްޒަފުންނަށް ހުރިހާ ވަގުތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެކަންތައްތަކަށް މުވައްޒަފުން އަހުލުވެރިކޮށް ހޭލުންތެރިކުރުން.
  24. އިދާރާގެ ފައިސާއާއި މާލީ ހިސާބުތައް ބެލެހެއްޓުމުގެ ބައިގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތަކަކީ މާލިއްޔަތުގެ ގަވާއިދާއި ސަރުކާރުގެ ސިޔާސަތާއި ހިސާބު ބެލެހެއްޓުމާބެހޭ އާންމު އިރުޝާދުތަކާއި ފައިނޭންޝަލް ކޮންޓްރޯލަރ ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާއި، އަދި އެއްވެސް ޤާނޫނަކާ ތައާރުޒުނުވާ ގޮތެއްގެމަތިން ބަޔާންކޮށްފައިވާ އިރުޝާދުތަކެއްކަން ކަށަވަރުކުރުން.
  25. އިދާރާގެ ފައިސާއާއި މާލީ މަސައްކަތްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކޮށް، އެ މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުން.
  26. ފައިސާއާއި މާލީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަންނީ މަގާމުތަކަށް، އެ މަގާމުތަކަށް ކަނޑައަޅާފައިވާ ޝަރުޠު ހަމަވާ ފަރާތެއް ނެތް ހާލަތްތަކުގައި، ވަގުތީގޮތުން އެ ޒިންމާ ހަވާލުކުރެވޭ މުވައްޒަފުންނަކީވެސް އެ ޒިންމާ ދާއިމީކޮށް އަދާކުރާ ފަންނީ މުވައްޒަފުން ފަދައިން އެފަދަ މަގާމުތަކުގެ ފުރިހަމަ ޒިންމާ އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުން.
  27. އިދާރާއިން ކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތަރައިޒިންގ އޮފިސަރުން (ޚަރަދުކުރުމަށް ހުއްދަދޭ ވެރިން) ޢައްޔަންކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހެޅުން.
  28. އިދާރާގެ ފައިސާއާއި މާލީ ކަންތައްތަކާބެހޭ ބައިން ލިޔެފައިވާ އިރުޝާދުތަކާއި އެއަށް ގެނެވޭ އިޞްލާޙުތަކުގެ ކޮޕީ ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހަޅައި ލަފާ ހޯދުން.
  29. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީ ރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
  30. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމުގައި ދަތިތަކެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް، އެތަނަކަށް ފެންނަ ގޮތުގެ ލަފަޔާއެކު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން.
  31. އިސްވެދެންނެވުނު ކަންތައްތަކުގެ އިތުރުންވެސް ފައިނޭންޝަލް ކޮންޓްރޯލަރ އަދި އިދާރާގެ އިސްވެރިޔާ ލިޔުމުން ހަވާލުކުރާ މާލީ ކަންކަން ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

-          މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          އެކައުންޓިންގ

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ފައިނޭންސް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-          ފައިނޭންސް

-          އެކައުންޓިންގ

މަޤާމުގެ ކޯ ޑިސިޕްލިންތައް:

-          އެކައުންޓިންގ

-          ފައިނޭންސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

    (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

 

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

 

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

 

ޕްރެޒެންޓޭޝަން

10

 

އިންޓަރވިއު

30

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓާއި ޕްރެޒެންޓޭޝަން ދެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ 11  ފެބުރުވަރީ 2024 އާއި 29 ފެބުރުވަރީ 2024 އާއި ދެމެދު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް/ ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004775 ނަންބަރު ފޯނަށް ނުވަތަ 4004708 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.

 

01 ފެބުރުވަރީ 2024
ހޯދާ