ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޒަކާތުފަންޑުގެ ޚާއްޞަ އެހީގައި ޞިއްޙީ ދާއިރާގެ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުން

ޒަކާތުފަންޑުގެ ޚާއްޞަ އެހީގައި ޞިއްޙީ ދާއިރާގެ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުން

ނޭޕާލް

ޤައުމު:

ކޯހުގެ ފެންވަރު: ޕޯސްޓްގްރެޖުއޭޓް

ޓްރިބްވާން ޔުނިވަރސިޓީ

އިންސްޓިޓިއުޓް:

  • 1 ޕީޑިއެޓްރިކްސް (އެމް.ޑީ)
  • 2 އިންޓަރނަލް މެޑިސިން (އެމް.ޑީ)
  • 1 އޯތޯޕީޓިކްސް (އެމް. އެސް)
  • 1 އީ.އެން.ޓީ (އެމް. އެސް)
  • 2 ޖެނެރަލް ޕްރެކްޓިޝަނަރސް (އެމް.ޑީ)
  • 1 ރޭޑިއޮލޮޖީ (އެމް.ޑީ)

ކޯހުގެ އަދަދު، ދާއިރާ އަދި ލެވެލް :

  • އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި،
  • އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައިވުން.

ޝަރުޠު:

  • މިކޯސްތަކަށް ސެލެކްޝަން ހެދުމުގައި އިސްކަންދޭނީ ތިރީގައިވާ ކަންކަމަށެވެ.
    • އަތޮޅު ތެރޭގައި މިހާރު މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް
    • ކޯހަށް ހުށަހަޅާ ފަރާތްތަކުގެ އެކަޑެމިކް މެރިޓަށް
    • ކޯހަށް ހުށަހަޅާ ފަރާތްތައް އެމް.ބީ.ބީ.އެސް ހެދުމަށްފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗުލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެކެންޑިޑޭޓަކު ބެޗުލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މިކޯސްތަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ޒަކާތުފަންޑުގެ ހިލޭ އެހީގައެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، އަތޮޅުތެރޭ ހޮސްޕިޓަލްތަކުގައި 5 އަހަރުދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.

އިތުރު މަޢުލޫމާތު:

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތީ 1 ސެޓް.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު. އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.)
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރުހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާކަން އަންގައިދޭ ލިޔުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި މާސްޓަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެމް..ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން
  • ކޯހަށް ހުށަހަޅުއްވާ ފަރާތް މިވަގުތު މަސައްކަތް ކުރައްވަނީ ކޮން ތަނެއްގައިކަން އަންގައިދޭ ރަސްމީ ލިޔުން
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 07 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341327/ 3341325 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

02 އޭޕްރިލް 2015
ހޯދާ