މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއި ގުޅޭ

އިޢުލާން

1445ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށްރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއިގުޅޭ

1445 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ރާއްޖެ ގެނައުމަށް ބޭނުންވާ ހާފިޒުން/ޤާރީން ގެ ވީޒާ އަށް އެދި ހުށަހެޅުއްވުމުން، ޝަރުތު ފުރިހަމަވެ އެޕްރޫވަލް ލިބޭ ފަރާތްތަކަށް، އެފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ "ސްޕެޝަލް ވީޒާ" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، 1445 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން، މި މުއައްސަސާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕެޝަލް ވީޒާ IM22' އަށް އެދި ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިގޮތުން ހުށަހަޅުއްވާ އެޕްލިކޭޝަންތަކުގެ ތެރެއިން ހުއްދަ ދިނުމަށް ހަމަޖެހޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ (ސަރުކާރު ބަންދުދުވަސްތައް ނުހިމަނާ) ތެރޭގައި 'އިމުގާ' ޕޯޓަލް މެދުވެރިކޮށް އެންގޭނެއެވެ.

ސްޕެޝަލް ވީޒާއަށް އެދިހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތައް:

  1. 1445 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކޮށްފައިވާ ހުއްދަ.
  2. "ސްޕެޝަލް ވީޒާއަށް އެދޭ ފޯމު" ((IM22
  3. "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު" (IM30)
  4. ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް" ގެ ސާފު ކުލަ ކޮޕީ (މެޝިން ރީޑަބްލް ޕާސްޕޯޓެއް ކަމުގައިވުން އަދި ޕާސްޕޯޓަކީ މުއްދަތު އިތުރުކޮށްފައިވާ ޕާސްޕޯޓެއް ކަމުގައި ނުވުން)
  5. ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (މި ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯ މިންގަނޑާ އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް ކަމުގައި ވާންވާނެއެވެ.)

 

ސްޕެޝަލް ވީޒާ ލިބިފައިވާ ފަރާތްތަކުން ޕާސްޕޯޓާއެކު މޯލްޑިވްސް އިމިގްރޭޝަން އެރައިވަލް ކައުންޓަރަށް ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. "ސްޕެޝަލް ވީޒާ އެޕްރޫވަލް" (ހުއްދަ).
  2. އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް "ޓްރެވަލަރ ޑެކްލަރޭޝަން ފޯމު" ފުރިހަމަކުރުން. (މި ފޯމު ފުރިހަމަކުރުމުން ލިބޭ "ކިއު.އާރު ކޯޑް" މޯލްޑިވްސް އިމިގްރޭޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެރައިވަލް ކައުންޓަރުގައި އިންނަ އިމިގްރޭޝަން އޮފިސަރަށް ދައްކަންވާނެއެވެ)

އެކުގައި އާއިލާގެފަރާތްތައް ގެންނަހާފިޒުންނާއި ޤާރީންގެސަމާލުކަމަށް:

  1. މިފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން މިމުއައްސަސާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން'  ފޯމު ހުށަހަޅާ، ދަތުރުކުރުމުގެ ހުއްދަ ހޯދުން.
  2. މިފަދަ ފަރާތްތަކަށް ދޫކުރާނީ 30 (ތިރީސް) ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓު ވީޒާއެވެ. ނަމަވެސް، އޮން އެރައިވަލްގައި ދެވޭ 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރާނަމަ، ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، ވީޒާގެ މުއްދަތު އިތުރުކުރުމަށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ޓޫރިސްޓު ވީޒާ IM23' ފޯމު އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހަޅަންވާނެ
  3. މިފަދަ ފަރާތްތަކުންވެސް ރާއްޖެ އައުމުގެ ކުރިން އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް "ޓްރެވަލަރ ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުން. (މި ފޯމް ފުރިހަމަކުރުމުން ލިބޭ "ކިއު.އާރު ކޯޑު" މޯލްޑިވްސް އިމިގްރޭޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެރައިވަލް ކައުންޓަރ ގައި އިންނަ އިމިގްރޭޝަން އޮފިސަރަށް ދައްކަންވާނެ)

މަތީގައި ދެންނެވިފައިވާ ފަރާތްތައް ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި އެފަރާތްތަކުގެ ވީޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ، އެފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި އެފަރާތްކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އެފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކޮށްފައިވާ ހުއްދަ  ލިބިފައިވާ ފަރާތުގެ ޒިންމާއެއް ކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި ބިދޭސީފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ "ސްޕެޝަލް ވީޒާ" އަދި "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" މި މުއައްސަސާއިން އެޕްރޫވްކުރުމުގެ ކުރިން، މިއިން އެއްވެސް ފަރާތަކުން ރާއްޖެއައުމަށް ދަތުރު ނުފެށުމަށް އިލްތިމާސް ކުރަމެވެ.

       މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިއިދާރާގެ ފޯނު ނަންބަރު 7940452، 9199157 އަދި 1434 (ހެނދުނު 08:00 އާއި މެންދުރުފަހު 15:00 އާއި ދެމެދު) ގުޅުމަށްވެސް ދެންނެވީމެވެ.

31 ޖަނަވަރީ 2024
ހޯދާ