މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ކަމަދޫގައި ޤާއިމްކުރެވޭ ގެސްޓް ބީޗް ޓޮއިލެޓް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                        ނަމްބަރ(IUL)314--/INDIV/2024/14 

އިޢުލާން 

ބީލަން ހުށަހެޅުމުގެ ދައުވަތު


ބ ކަމަދޫގައި ޤާއިމްކުރެވޭ ގެސްޓް ބީޗް ޓޮއިލެޓް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ  ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ “ބީލަން ފޮތް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި  މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަންބަރު 6600051 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  [email protected] އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލާއެކު ( ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި.ޑީކާޑު ނަންބަރު، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ) އިޢުލާން ނަންބަރާއެކު މެއިލްކޮށްދިނުން އެދެމެވެ.  

 

ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 11.00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.   

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 8 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހުގެ 10:05ގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާގެ މީޓިންގް ހޯލްގައެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތްކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 6600051

 ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

20 ރަޖަބު 1445

31 ޖަނަވަރީ 2024

31 ޖަނަވަރީ 2024
ހޯދާ