މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުތަކަށް އާއްމުންގެ ހިޔާލު ހޯދުން

މިނސްޓްރީ އޮފް ކުލައިމެޓް ޗޭންޖް، އެންވަރަންމަންޓް އެންޑް އެނަރޖީ ސާކިއުލަރ ނަންބަރު 438-WMPC/CIR/2024/1 އާއި ހަވާލާދީ ދަންނަވަމެވެ.

 ކުނި މެނޭޖުކުރުމުގެ ޤާނޫނު ނަންބަރު 2022/24 ގެ ދަށުން އެކުލަވާލަންޖެހޭ ބައެއް ގަވާއިދުތައް އެކުލަވާލައި، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށާއި ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން އެކުލަވައިލާންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުމަށާއި އެފަދަ އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު އަމަލުކުރާނެ އުސޫލުތައް އެކުލަވާލުމަށް "ކުނި މެނޭޖުކުރުމުގެ އާންމު ގަވާއިދު" އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދިނުމާއި ޚިދުމަތްދޭ މަރުކަޒު ހިންގުމުގެ މިންގަނޑުތަކާއި ކުނި އެއްތަނުން އަނެއްތަނަށް އުފުލައި އަމަލުކުރުމުގެ މިންގަނޑުތައް ބަޔާންކުރުމަށް "ކުނި މެނޭޖުކުރުމުގެ ޙިދުމަތްދިނުމުގެ ގަވާއިދު" އަދި ކުނި މެނޭޖުކުރުމުގައި އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާތައް ކަނޑައަޅައި ކުނި މެނޭޖުކުރުމަށް ބާރުއަޅާނެ ނިޒާމެއް ތަޢާރަފްކުރުމަށްޓަކައި "އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާގެ ގަވާއިދު" އެކުލަވާލައި އާންމުންގެ ހިޔާލުހޯދުމަށް ހުޅުވާލާފައެވެ.

ވީމާ، ތިރީގައިވާ ކޮމެންޓް ޓެމްޕްލޭޓް ލިންކްތަކުން 2024 ފެބުރުއަރީ 13 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ކުރިން ހިޔާލު ހުށަހަޅައި ދެއްވުން އެދެމެވެ.

ކުނި މެނޭޖުކުރުމުގެ އާންމު ގަވާއިދު: https://shorturl.at/uvHOX

ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދިނުމުގެ ގަވާއިދު: https://shorturl.at/svU38

އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާގެ ގަވާއިދު: https://shorturl.at/nFIJ9

31 ޖަނަވަރީ 2024
ހޯދާ