މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ބޭނުންތަކަށް ކައުންސިލުން ނަގާފައިވާ ރުކުގެ ބަދަލު ދިނުމާއި ގުޅޭ

އިޢުލާން

           

އެކިއެކި ބޭނުންތަކަށް ކައުންސިލުން ނަގާފައިވާ ރުކުގެ ބަދަލު ދިނުމާއި ގުޅޭ

 

            2021 މެއި 17ން ފެށިގެން އެކިއެކި ބޭނުންތަކަށް މިކައުންސިލުން ނަގާފައިވާ ރުކުގެ މިލްކުވެރިކަން ސާބިތުކުރުމަށް، މަސައްކަތް ކުރުމުގެ ކުރިން ކުރެވުނު އިޢުލާންތަކަށް މުއްދަތު ހަމަވި އިރުވެސް އެއްވެސް ފަރާތަކުން ޝަރުޢީ ލިޔުން ހުށަހަޅާފައި ނުވުމާއިއެކުވެސް، އެކި ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާތީ، ރުއްނެގިފައިވާ ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުގެ ރުއް ހުރިކަމަށް ސާބިތުކުރެވޭ ޝަރުޢީ ލިޔުން ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

            ވީމާ، 2024 ފެބުރުވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރުކުގެ މިލްކުވެރިކަމާއި ގުޅޭ ލިޔުން / ޝަރުޢީ ރިޕޯޓްގެ ކޮޕީ މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަދި ބަދަލު ހަމަޖައްސައި ދެވޭނީ ޝަރުޢީ ލިޔުމުގައިވާ ގޮތަށް ޝަރުޢީ ބަދަލެވެ.

            މިހެންވެ މިކަންއާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ޖަނަވަރީ 2024
ހޯދާ