މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް):

 ވަރލްޑް ބޭންކުގެ އެހީއާއެކު ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ވޮކޭޝަނަލް އެޑިޔުކޭޝަން ސްޓްރެޓިޖިކް އިމްޕްލިމެންޓޭޝަން މޮޑެލްއެއް ފަރުމާކޮށްދޭނެ ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މަޤާމް: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: ހަތަރު (4) މަސްދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.

ފެންވަރު ނުވަތަ ޝަރުޠު: މި މަޤާމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓުން (http://www.eedp.moe.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 16 އެޕްރީލް 2015 ގެ 14:00 ގެ ކުރިން،  އެދުރުހިޔާ އިމާރާތުގެ ނަންބަރު 103، 1 ވަނަ ފަންގިފިލަޔަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3341319 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. މި ގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލްވާނެ ވާހަކަވެސް ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދިވަޑައިގަންނަވާކަމުގެ ލިޔުން.
  2. ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާފައިވާ)
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.

އެޕްލިކޭޝަން އެޑްރެސްކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް ކޯޑިނޭޓަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ. އެސް. ޔޫ)، ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ސެކްޝަން

      ނަންބަރު: 103، 1ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

       މާލެ، ދިވެހިރާއްޖެ.

       ފޯން: 3341319

       އީމެއިލް: [email protected]

މަޤާމަށް ހޮވުން:  މި މަޤާމަށް ހޮވޭނީ، ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ، ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނާއި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލް، ޖެނުއަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު: މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ 3341319 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ