ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫގެ ލޭންޑް ޔޫސް ޕްލޭން ހަދާދޭނެ ފަރާތެއް ބޭނުންވެއްޖެ

ފެލިދޫ ބިމާއި އިޙްތިޞާސްގައި ހިމެނޭ އެންމެހައި ތަންތަން ހިމެނޭގޮތަށް، ކުރިޔައް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫޒް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭއާއި ކަމާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތައް، ރިޕޯޓްތައް އަދި ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ފެބްރުއަރީ 2024ވަނަ ދުވަހުގެ 13:30 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުން" މިހެން ލިޔެފައި އަދި ކުންފުނި ނުވަތަ ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރޭޝަން

31 ޖަނަވަރީ – 04 ފެބްރުއަރީ 2024

ބުދަ ، އާދިއްތަ

8:00 - 14:00

އޮންލައިން

މަޢުލޫމާތު ދިނުން (އޮންލައިން)

05 ފެބްރުއަރީ 2024

ހޯމަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

08 ފެބްރުއަރީ 2024

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު ތަޖުރިބާ: މަސައްކަތާއި ގުޅުންހުރި ތަޖުރިބާގެ ލިޔުމެއް ހުށަހަޅާފައިވާނަމަ ލިބޭނީ 30 ޕަސެންޓެވެ.
  2. މަސައްކަތުގެ އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ 50 ޕަސެންޓެވެ.
  3. މުއްދަތް: ހުށަހަޅާ އެންމެ ކުޑަ މުއްދަތަށް ލިބޭނީ 20 ޕަސެންޓެވެ.  

 

                  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ފެބްރުއަރީ 2024ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

31 ޖަނަވަރީ 2024
ހޯދާ