ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގެ ޑަސްޓްބިން ކުނިކޮށްޓަށް އުކުމާ ގުޅޭ

          ގޭބިސީތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނި (ބަދިގެ ޑަސްބިން) 01 ފެބްރުވަރީ 2024 އިން ފެށިގެން ކުނިކޮށްޓަށް އުކުމަށް ކައުންސިލުގެ 117 (29 ޖެނުއަރި 2024) ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާތީ، 01 ފެބްރުއަރީ 2024 އިން ފެށިގެން ގޭބިސީތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނި (ބަދިގެ ޑަސްބިން) އުކާނީ ކުނިކޮށްޓަށެވެ. ކުނިވާ ޒާތުގެ ކުނި ( ބަދިގެ ޑަސްޓްބިން) އުކުމަށްޓަކައި ކުނިކޮށި ތިރީގައިވާ ގަޑިތަކުގައި ހުޅުވިފައި ހުންނާނެއެވެ.

 

ދުވަސް

ގަޑި

އާދީއްތަ،އަންގާރަ،ބުރާސްފަތި އަދި ހޮނިހިރު

  • ހެނދުނު 7:00 އިން 11:00 އަށް
  • މެންދުރުފަހު 14:30 އިން 17:30 އަށް

ހޯމަ،ބުދަ،އަދި ހުކުރު

  • ހެނދުނު 7:00 އިން 09:00 އަށް
  • ހަވީރު 16:00 އިން 17:00 އަށް

 

01 ފެބްރުވަރީ 2024 އިން ފެށިގެން އެއްވެސް ފަރާތަކުން އެ ގޭބީސީއެއްގައި އުފެދޭ ކުނިވާ ޒާތުގެ ކުނި ( ބަދިގެ ޑަސްޓްބިން) ރަށުގެ އެހެން ސަރަހައްދުތަކަށް އެޅުމަކީ މަނާކަމެކެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

31 ޖަނަވަރީ 2024
ހޯދާ