މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޡުން އުފެއްދުމާއި ގުޅޭ

އަލިފުށީގައި ޙާފިޡުން އުފެއްދުމުގެ މަތިވެރި މަޤްޞަދުގައި ސްކޫލް ދަރިވަރުންގެ ތެރެއިން ޢުމުރުން      8 އަހަރުން މަތީގެ 15 ދަރިވަރަކަށް ފުރުޞަތު ހުޅުވާލައިގެން ޤުރުއާންހިތުދަސް ކުރުމަށްޓަކައި، ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ދަރިވަރުން 2024 ފެބްރުއަރީ 12 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. 15 ދަރިވަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބަށް ބަލައިގެންނެވެ.

ކްލާހުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑިތަކުގައި މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ބްރާސްފަތި ދުވަހުގެ 16:00ން 17:00 އަށެވެ.

އިތުރު މަޢްލޫމާތު ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި 6580021 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

 

               20  ރަޖަބް    1445ހ

31 ޖަނަވަރީ 2024
ހޯދާ