ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ

އިޢުލާނު

މަޤާމު:

 ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު:

J-396985

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ އަތޮޅު ހޮސްޕިޓަލް / ޕަބްލިކް ހެލްތު ސަރވިސް ސެކްޝަން

މުސާރަ:

މަހަކު  11693.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު   5457.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ޕޭ ފްރޭމް ވޯކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 148.00 ރުފިޔާ.

3. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުޑަކުދިންނާއި މާބަނޑުމީހުން އަދި މިނޫންވެސް މުޖުތަމައުގެ ނާޒުކު ގްރޫޕްތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ޞިއްޙަތު ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައި، އެފަދަ ޕްރޮގްރާމްތަކުން ނަތީޖާ ހާސިލްވާ މިންވަރު ބަލަމުން ގެންދިއުން.
  2. މާބަނޑު މީހުން، ޅަދަރިމައިން، ކުޑަކުދިން، ފުރާވަރަށް އަރަމުން އަންނަ ކުދިން، އަދި ދުވަސްވީ މީހުންގެ ހާއްސަ ޞިއްޙީ ހާލަތްތަކާބެހޭ ގޮތުން އެމީހުންނާއި އެމީހުންގެ ޢާއިލާތަކާއި އެމީހުން ބަލަހައްޓާ އެހީތެރިވެދޭ މީހުންނަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުވުން.
  3. ފައިދާހުރި ކާނާއާއި، ސާފުތާހިރުކަމާއި، ވެކްސިން ދިނުމާއި، ރައްކާތެރި މައިވަންތަކަމާއި ޢާއިލާ ރޭވުމާއި، އާންމު ބަލިތަކުން ރައްކާތެރިވުމާއި، ވިހަވުމުން ރައްކާތެރިވުމާ ބެހޭގޮތުންނާއި އާންމުބަލިތަކަށް ފަރުވާ ކުރުމާއި ފުރަތަމަ އެހީ ދިނުމާއި، މަސްތުވާތަކެއްޗާއި، ގެވެށި އަނިޔާތަކާބެހޭ ގޮތުންނާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި، އެހެން ޞިއްޙީ ކަންކަމާބެހޭގޮތުން އާންމުންނާއި ޢާއިލާތަކަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  4.  ދިރޭތަކެއްޗާއި ކެމިކަލާއި ރޭޑިއޭޝަން ފަދަ ތަކެތިން އާންމު ޞިއްޙަތަށް ނުރައްކާވާ ކަންތައްތައް ދެނެގަނެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެކަންކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  5. މާބަނޑުމީހުންނާއި ތުއްތުކުދިންގެ ޞިއްޙީ ހާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތް ނުކުރާ މީހުންނަށް ޒިޔާރަތްކޮށް އެކަންކަން ބަލައި އެމީހުންނަށް ޚިދުމަތްތައް ފޯރުކޮށްދީ، އެމީހުން ދިރުއުޅޭ މާހައުލުގެ ސާފުތާހިރުކަން ބެލުން.
  6. ޓީބީ، ލެޕްރެސީ، މެލޭރިއާ ފަދަ އާންމު ޞިއްޙަތަށް ނުރައްކާވާ ބަލިތައް ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބަލިމީހުންނަށް ޒިޔާރަތްކޮށް ބޭސްދީ އެބޭސް ބޭނުންކުރުމާބެހޭގޮތުން ޢާއިލާއާއި އާންމުންނަށް އިރުޝާދުދީ އެކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  7. ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އާންމުކޮށް ޒިޔާރަތް ނުކުރާ މުޖުތަމަޢުގެ އެކި ގްރޫޕްތަކާ ބައްދަލުކޮށް އެޗް.އައި.ވީ އާއި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތައް މެނޭޖްކުރުމާބެހޭގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  8. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕްއަން ޔޫނިއަން އަށް އެކްސްޕޯރޓް ކުރުމަށް މަސްބާނާ އޮޑިދޯނި ފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަޤް އޮތޯރިޓީގެ ޤަވާއިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  9. ންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަނާއި ބައިނަލްއަޤްވާމީ ޞިއްޙަތާ ގުޅޭ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ އާންމު ޞިއްޙަތު ރައްކާތެރި ކުރުމާގުޅޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

  10. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު އަދި އަތޮޅު     ކައުންސިލާއި، ސްކޫލާއި އަދި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

 

 މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 ތަޢުލީމީ ރޮނގުތައް:

  • ބަޔޯ ސްޓެޓިސްޓިކްސް  
  • ކޮމިނިއުކަބަލް ޑިސީޒް  
  • ކޮމިއުނިޓީ ހެލްތު  
  • ކޮމިއުނިޓީ ހެލްތް ނަރސިންގ  
  • ކޮމިއުނިޓީ މެޑިސިން  
  • ޑިމޮގްރަފީ  
  • އެންޓޮމޮލޮޖީ  
  • އެންވަޔަރަމަންޓް ހެލްތު  
  • އެޕިޑިމިއޮލޮޖީ  
  • ގްލޯބަލް ހެލްތް  
  • ހެލްތް ކެއަރ މެނޭޖްމަންޓް  
  • ހެލްތް އެޑިޔުކޭޝަން  
  • ހެލްތް އިވެލުއޭޝަން  
  • ހެލްތު އިންފޮމެޓިކްސް  
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހެލްތު ޕްރޮމޯޝަން  
  • ހެލްތް ރިސަރޗް  
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  • ހެލްތްކެއަރ މެނޭޖްމަންޓް  
  • އިންފެކްޝާސް ޑިޒީސަސް  
  • މެޓަރނަލް އެންޑް ޗައިލްޑް ހެލްތް  
  • މެންޓަލް ހެލްތް  
  • ނޮން-ކޮމިއުނިކަބަލް ޑިޒީސަސް  
  • ނިއުޓްރިޝަން  
  • އޮކިއުޕޭޝަނަލް ހެލްތް  
  • ޕޮޕިއުލޭޝަން ހެލްތް  
  • ޕްރައިމަރީ ހެލްތް ކެއަރ  
  • ޕަބްލިކް ހެލްތު  
  • ޕަބްލިކް ހެލްތް ނަރސިންގ  
  • ޕަބްލިކް ހެލްތް ރިސަރޗް  
  • ޕަބްލިކް ހެލްތް ސައިންސް  
  • ރިޕޮރޮޑަކްޓިވް ހެލްތް  

  

ގުޅޭ ވަޒީފާގެ ދާއިރާ

  • ޕަބްލިކް ހެލްތު ސާވިސަސް
  • ކޮމިއުނިޓީ ހެލްތު ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިހޮސްޕިޓަލުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން     https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު

 

    (ޅ) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ، މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ފެބްރުވަރީ 2024 ވާ (ބުދަ) ދުވަހުގެ ގެ 14:00ގެ ކުރިން، ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 12 ފެބްރުވަރީ 2024 އާއި  01 މާޗް 2024 އާއި ދެމެދު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500093 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް >  "ރެކްރޫޓްމެންޓް އުޞޫލު" ( https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

30 ޖަނަވަރީ 2024
ހޯދާ