މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް ޅ. ނައިފަރު އިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ޅ.ނައިފަރު މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އަށް ޅ. ނައިފަރު އިން ކުއްޔަށް ދޫކުރާނެ ތަނެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް:

  1. 02 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.
  2. މަދުވެގެން 02 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން. (އެއާރ ކޮންޑިޝަނާއިއެކު)
  3. މަދުވެގެން 02 ފާޚާނާ ހުރުން.
  4. ފަރުނީޗަރާއި އެކު (އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.)
  5. ހިފާގެންގުޅޭ ތަކެތި ހުރުން. (ތެލި، ތަށި، ސަމްސާ، އުދުން (ގޭސްފުޅީއާއިއެކު)، އައިސްއަލަމާރި، އަދި ދޮންނަމެޝިން ފަދަ ތަކެތި)
  6. އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.
  7. ގެޔާއި ގޯތި ތެރެ ކުނިކަހާ ފޮޅާ ސާފުކުރުމައި ކުނިނައްތަލުން. (ކުނިކަހާ ފޮޅާސާފުކުރުމައި ކުނި ނައްތާލުން މަދުވެގެން ހަފުތާއެކު އެއްފަހަރު)
  8. ކުއްޔަށް ހިފާ މުއްދަތު 4 (ހަތަރެއް) މަސްދުވަސް (މިކުންފުނިން އިތުރު މްއްދަތަކަށް ބޭނުންވެއްޖެ ހިދެއްގައި ތަންލިބޭގޮތަށް ހުރުން.)

(މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދާފައިހުރި ރަނގަޅުތަނަކަށް ވުން.)

 

ތަން

ގަޑި

ތާރީހް

ތަފްސީލް

ޅ. ނައިފަރު ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިންގް، 6 ވަނަ ފަންގިފިލާ)

11:00

01 ފެބްރުއަރީ 2024

މައުލޫމާތު ސާފުކުރުން

ޅ. ނައިފަރު ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ކަސްޓަމާރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ)

11:00

04 ފެބްރުއަރީ 2024

އަގު ހުށައެޅުން

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

 

ޕްރޮކިއުމެންޓް ޑިޕާޓްމަންޓް

30 ޖަނަވަރީ 2024
ހޯދާ