މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރަށް ބާލައި ތަކެތި 48 ގަޑިއިރު ތެރޭ ނެގުމާއި، ބަނދަރު ސާފުކުރުމަށް އެންގުމާއި ގުޅޭ

ނ. ވެލިދޫ ކައުންސިލުން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ ނަންބަރު: 2014/R-92 " ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާޢިދު " ގެ ދަށުން އެކުލަވާލާފައިވާ " ނ. ވެލިދޫ ބަނދަރު ބޭނުންކުރުމާބެހޭ ޢާންމު އުޞޫލް " ގެ 4 ވަނަ މާއްދާގެ (އ) އާއި ޚިލާފަށް ބަނދަރަށް ތަކެތި ބާލައި 48 ގަޑިއިރު   ( 2 ދުވަސް ) ހަމަވެ އިތުރަށް ބެހެއްޓުމާއި، ބަނދަރަށް ތަކެތި ބޭލުމުގައި ވާޓަރު މައްޗަށާއި، ޕޭމަންޓް މައްޗަށް އެޅޭ ތަކެތި ނަގައި ސާފު ނުކުރާނަމަ ފުރަތަމަ ފަހަރު ލިޔުމުން ނަޞޭޙަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރު ވެއްޖެނަމަ -/500 ރުފިޔާއާއި -/1000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާ ކުރުން، ތިންވަނަ ފަހަރު -/1000 ރުފިޔާއާއި -/3000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާ ކުރުން، ހަތަރުވަނަ ފަހަރު  -/3000 ރުފިޔާއާއި -/5000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖުރުމާނާ ކުރުން، އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު -/5000 ރުފިޔާއިން ޖުރުމާނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވާތީ 2024 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން ދެންނެވި ގޮތަށް ބަނދަރަށް ބާލާތަކެތި 48 ގަޑިއިރަށްވުރެ އިތުރަށް ބަހައްޓައި، ވާޓަރު މައްޗާއި ޕޭމަންޓް ސާފު ނުކުރާނަމަ އުޞޫލުގައިވާ ގޮތުގެ މަތިން ޖުރުމަނާ ކުރަމުން ގެންދެވޭނެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 ޖަނަވަރީ 2024
ހޯދާ