މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތައް ގަރާޖުގައި ބޭއްވުމާއި ގުޅޭ

ނ. ވެލިދޫގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދަކީ ގަރާޖެއްގައި ބޭއްވުމަށް ރަޖިސްޓްރީކުރެވިފައިވާ އުޅަނދުފަހަރެވެ. އެހެން ނަމަވެސް ބައެއް އެއްގަމު އުޅަނދު ގަރާޖުން ބޭރުގައި، މަގުމަތީގައި ބޭއްވުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވަމުންދާތީ އެކަމުގެ ޝަކުވާ ދަނީ ތަކުރާރުކޮށް މިއިދާރާއަށް ހުށަހެޅެމުންނެވެ.

 ވީމާ، 2024 ފެބުރުވަރީ 1 ން ފެށިގެން ދަތުރު ނިންމުމަށްފަހު، އަދި ދަތުރު ނުކުރާނަމަ ބޭއްވުމަށް ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި ބޭއްވުމަށް އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކަށް އަންގައި އިލްތިމާސްކުރަމެވެ.

އަދި މި އެންގުމާއި އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ 1 ޖުލައި 2015 އިން ފެށިގެން ޢަމަލުކުރަމުންދާ  " ޢާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ޢާންމު އުޞޫލް " ގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖުރުމާނާ ކުރެވޭނެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 ޖަނަވަރީ 2024
ހޯދާ