މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލީގަލް ކައުންސެލަރ

މަޤާމުގެ ނަން: ލީގަލް ކައުންސެލަރ

ވަޒީފާގެ ބާވަތް: ފުލްޓައިމް

ބޭސިކް މުސާރަ: -/9،000 ރުފިޔާ

ޑެއިލީ އެލަވަންސް: -/6،000 ރުފިޔާ

ބޭނުންވާ އަދަދު: 1

ޝަރުޠު:

  • މަޤާމާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމާ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ގާނޫނީ ގޮތުން އެކިއެކި ކަންކަމުގައި މިކޯޕަރޭޝަންގެ މެނޭޖްމަންޓަށް އަދި މިކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ލާފާދިނުން، އަދި ޑިރެކްޓަރުންގެ ބޯޑުން އެދިއްޖެ ހިނދެއްގައި ބޯޑުގެ ބައްދަލުވުން ތަކަށް ހާޒިރުވުން.
  • ކޯޕަރޭޓް ގަވަނަންސް އުސޫލުތައް ޤާއިމުކުރުމުގައާއި ކުންފުނި ހިންގުމުގައި ބޭނުންވާ ޕޮލިސީތަކާއި، އެސް.އޯ.ޕީ ތައް ތައްޔާރު ކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިޞްލާޙުކުރުން.
  • މިކޯޕަރޭޝަންގެ ފަރާތުން އެކިއެކި ފަރާތްތަކާއިއެކު ހަދާ އެއްބަސްވުންތަކާއި ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިސްލާޙުކުރުން.
  • މިކޯޕަރޭޝަނަށް ބޭނުންވާ އެކިއެކި މަސައްކަތްތައް ކުރާނެ އަދި ހިދުމަތްތައް ދޭނެ ފަރާތްތައް އަންޔަން ކުރުމާ ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިސްލާޙުކުރުން.
  • މިކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓުތަކާއި، ކޮމަރޝަލް ޓެންޑަރ ތަކާއި، ވިޔަފާރީގެ މުޢާމަލާތުތަކާ ގުޅެގޮތުން ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިސްލާޙު ކުރުން.

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް   ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

10 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ