މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ފުޅަދޫ ފުޓްސެލްދަނޑު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާނު

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބ. ފުޅަދޫ ފުޓްސެލްދަނޑު ސާފުކޮށް ބަލަހައްޓައި ދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.

                

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލުމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި ދެންނެވިފައިވާގޮތަށް، މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާގައެވެ.

 

މަޢުލޫމާތު ދިނުން

2024 ފެބްރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 10:00

އަންދާސީ ހިސާބު ހުށަހެޅުން

2024 ފެބްރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 10:00

                

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7788654 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 ޖަނަވަރީ 2024
ހޯދާ