ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް

އެލް. އެސް. 2

އަސާސީ މުސާރަ

9412.00 ރުފިޔާ

މަސައްކަތްކުރަންޖެހޭ ތަނާއި ސެކްޝަން

ފެމިލީކޯޓު

 

އެލަވަންސްތަކާއި ޢިނާޔަތްތައް

- ސަރވިސް އެލަވަންސް: 3000.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55

- ލިވިންގ އެލަވަންސް: 2700.00 ރުފިޔާ

- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުންް.

 

 

 

 

މަސްއޫލިއްޔަތު

- މެޖިސްޓްރޭޓް ކޯޓުތަކުން ފޮނުވާ ސިޓީތަކާއި މެސެކްތަކުގައިވާ މަޢުލޫމާތުތައް ފުރިހަމަތޯ ބަލައި، ޖަވާބުދިނުން.

- ތަރިކައާއި، ހިބައާ ގުޅިގެން ނަގަންޖެހޭ ބަޔާން ނެގުމަށް ތާވަލުކޮށް، ބަޔާންނެގުމަށް ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އަމުރުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އަމުރު ޗެކްކުރުން. 

- މެޖިސްޓްރޭޓް ކޯޓުތަކުން ތަރިކަ މައްސަލަތަކާ ގުޅިގެން އެކިފަރާތްތަކަށް އަންގާ އެންގުންތައް އެންގުން ނުވަތަ ފޮނުވާ ލިޔުންތައް އެފަރާތްތަކާ ހަވާލުކުރުވުން.

- ކޯޓަށް ހާޒިރުނުވެވޭ ބަލިމީހުންގެ ބަޔާންތައް ގޭގެއަށް ގޮސްގެން ނެގުން.

- މެޖިސްޓްރޭޓް ކޯޓުތަކަށް (މިލްކްވެރިކަން، ވާރިޘް، ދަރަނި/ ވަޞިއްޔަތް) ހާޒިރުކޮށްދިނުމަށް އެދި އިޢުލާންކުރުމަށް އެދޭ ސިޓީތަކާއި މެސެޖްތަކާ ގުޅިގެން ކުރަންޖެހޭ އިޢުލާންކުރުމާއި، އެ މަޢުލޫމާތު މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވުމާއި، ރެކޯޑްތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.  

- މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ލިީޑަރޝިޕް، ޓީމް ވޯކް، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހިބަހާއި އިނގިރޭސީ ބަހުން މުޢާމަލާތްކުރުމުގެ ހުނަރު.

- އެޓިޓިއުޑާއި، އިންޓަރޕާސަނަލް ސްކިލްސް.

- ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު.

- އިންފޮމޭޝަން ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ މިންވަރު.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން (www.familycourt.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

20 އެޕްރީލް 2015 ގެ 14:30 ކުރިން.

 

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަރވިއު ޕެނަލުގައި މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށްދިނުމުންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

- ތަޢުލީމީ ސެޓްފިކެޓްތަކަށް މާކްސް ދިނުމުގައި ސާނަވީ / މަތީ ސާނަވީ މާއްދާތަކަށް މާކްސް ދެވޭނެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

13 ޖުމާދަލްއާޚިރާ 1436

 

02 އޭޕްރިލް 2015
ހޯދާ