ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

                  މި ރަށު ފިޒިކް ގޯތީގެ އުތުރު ފަރާތު މަގުގައިވާ 2 މިދިލިގަހާއި، 1 ހިރުދުގަސް، ބީޗް ސަރަޙައްދުގައި ހުދުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ 15 ދިވެހިރުކާއި، ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ 5 ދިވެހި ރުކާއި، ދިރާގު އެންޓަނާ ސަރަޙައްދުގައިވާ 10 ދިވެހިރުގެ ވެރިފަރާތަށް ބަދަލުދީ އެ ރުއްގަސް ކައުންސިލަށް ނެގުމަށް ބޭނުންވެއެވެ.

                  މި ރުއްގަސް ކައުންސިލަށް ނެގުމަށް ބޭނުންވަނީ އެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ކައުންސިލުން ނިންމާފައިވާ ޕާރކް، ފިނިމައިޒާންތަކަށް ދަތިވާތީ، އެ ދަތިތައް ފިލުވުމަށެވެ.

                 ވީމާ، އިސްވެދެންނެވުނު ސަރަޙައްދުގައި ހުދުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއްގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއްގެ ނަންބަރު އެނގޭގޮތަށް 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2024
ހޯދާ