މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސަސް ފޮރ ކޮންޑަކްޓިންގ ޕްރިލިމިނަރީ ސަރވޭސް، އެސެސްމެންޓްސް އެންޑް ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ޕްރޮޕޯސްޑް ތިނަދޫ – ކާޑެއްދޫ ލިންކް ޕްރޮޖެކްޓް އިން ގދ. އަތޮޅު، މޯލްޑިވްސް

 އިސްލާހުކުރެވިފައި      

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮންސަލްޓަންސީ ސަރވިސަސް ފޮރ ކޮންޑަކްޓިންގ ޕްރިލިމިނަރީ ސަރވޭސް، އެސެސްމެންޓްސް އެންޑް ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ޕްރޮޕޯސްޑް ތިނަދޫ – ކާޑެއްދޫ ލިންކް ޕްރޮޖެކްޓް އިން ގދ. އަތޮޅު، މޯލްޑިވްސް

1.ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ގދ. ތިނަދޫ – ކާޑެއްދޫ ލިންކް ޕްރޮޖެކްޓްގެ ޕްރިލިމިނަރީ ސަރވޭސް، އެސެސްމެންޓްސް އެންޑް ފީސިބިލިޓީ ސްޓަޑީގެ ކޮންސަލްޓަންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2.މި މަސައްކަތްތަކުގެ ތެރޭގައި ގދ. ތިނަދޫ – ކާޑެއްދޫ ލިންކް ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ބޭނުންވާ ކޮމްޕްރިހެންސިވް ފީސިބިލިޓީ (ރެކޮނައިސަންސް ސަރވޭ އަދި ކޮމްޕްރިހެންސިވް ޑެސްކް ރިވިއު) ސްޓަޑީ މިމިނިސްޓްރީ އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުން ހިމެނެއެވެ.

3.މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތުގެ އީ.އޯ.އައި. އިވެލުއޭޓްކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެއެވެ.

  • މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތާއިގުޅޭ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ކޮންސަލްޓަންސީ ޓީމްގެ އެވެއިލަބިލިޓީ (ޓީމް މެމްބަރުންގެ ކޮލިފިކޭޝަން އީ.އޯ.އައި. ޝޯޓްލިސްޓިންގ ސްޓޭޖްގައި ނުބެލެވޭނެއެވެ.)

4.މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން ކުރިމަތި ލެވޭނެއެވެ. މިގޮތުން އެހެން ފާރމްއަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ލިޔުމުން އަންގަންވާނެއެވެ. ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ކުރިމަތިލުމަށްފަހު މިމަސައްކަތަށް ހޮވިއްޖެނަމަ، ކޮންޓްރެކްޓްގެ ކޮންމެ ކަމެއްގައި ބައިވެރިވާ ހުރިހާ ފާރމްތަކަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.

5.މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް.) ކޮންސަލްޓަންސީ ޕްރޮކިއުމަންޓް އުސޫލުގެ ދަށުންނެވެ.

6.މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ލެޓަރ އޮފް އިންޓްރެސްޓް، ކޮމްޕެނީ ޕްރޮފައިލް، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް އާއި ރެފަރެންސް ސިޓީ، ޕްރޮޖެކްޓް ޓީމް ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު، ފައިނޭންޝަލް މަޢުލޫމާތު އަދި އިތުރު މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

7.މި މަސައްކަތަށް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

8.މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.infrastructure.gov.mv ގައި 23 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން ޝާޢިއު ކުރެވިފައި ވާނެއެވެ. މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

9.ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބްރުއަރީ 8 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ފާތިމަތު ޝާނާ ފާރޫޤް

ޑިރެކްޓަރ ޖެނެރަލް

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗރ

މާލެ، ދިވެހިރާއްޖެ

ޓެލެފޯން:4004700, 4004779

އީމެއިލް އެޑްރެސް [email protected] :

29 ޖަނަވަރީ 2024
ހޯދާ