ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުއައްސަސާތަކާއި، ކްލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީ ދިނުމުގެ އުޞޫލް – ގއ.ކޮނޑޭ

މުއައްސަސާތަކާއި، ކްލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީ ދިނުމުގެ އުޞޫލް – ގއ.ކޮނޑޭ

1.    ތަޢާރަފު:

(ހ) މި އުޞޫލަކީ، ކޮނޑޭގެ އެކިއެކި މުޢައްސަސާތަކާއި، ރަޖިސްޓްރީކޮށްގެން ގއ.ކޮނޑޭގައި ހިންގާ ކްލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން ރަށު ފެންވަރުގައްޔާއި، އަތޮޅުފެންވަރުގައި ހިންގާ އިޖްތިމާޢީ، ތަޢުލީމީ، ޞިއްޙީ، ކުޅީވަރު އަދި އެ ނޫނަސް އެކަންކަމުން މުޖުތަމަޢަށް ފައިދާ ކުރާނެ ކަންކަމަށް، ގއ.ކޮނޑޭ ކައުންސިލުން އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

(ށ) މި ޢޫޞޫލު އެކުލަވާފައި މިވަނީ ޤާނޫން ނަންބަރު: 2010/07 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ 08 ވަނަ މާއްދާގެ (ރ) ގެ ދަށުން މި ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

 

 2. އެހީ ދެވޭނެ ދާއިރާ:

(ހ) މި ޢުޞޫލުގެ ދަށުން އެހީ ދެވޭނީ، ކޮނޑޭގެ މުޢައްސަސާތަކުންނާއި، ކޮނޑޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބު ޖަމްޢިއްޔާ ޖަމާޢައްތަކުން ރަށު ފެންވަރުގައި ހިންގާ އިޖްތިމާޢީ، ތަޢުލީމީ، ޞިއްޙީ، ކުޅިވަރު އަދި އެ ނޫނަސް އެކަންކަމުން މުޖުތަމަޢުއަށް ފައިދާކުރާނެ ކަންކަމަށާއި، އަދި އަތޮޅު ފެންވަރުގައި ކޮނޑޭ ތަމްޘީލް ކުރުމަށް ހިންގާއިޖްތިމާޢީ، ތަޢުލީމީ، ޞިއްޙީ، ކުޅިވަރު އަދި އެ ނޫނަސް އެކަންކަމުން މުޖުތަމަޢުއަށް ފައިދާކުރާނެ ކަންކަމަށް ގއ.ކޮނޑޭ ކައުންސިލުން ދެކޭ ކަންކަމަށެވެ.

 

3.  ޕްރޮޕޯސަލް ދިރާސާކުރާނެގޮތް:

(ހ) އެހީ ހޯދުމަށް އެދި މުޢައްސަސާތަކާއި، ކޮނޑޭގައި ހިންގާ ކްލަބު ޖަމްޢިއްޔާ ޖަމާޢައްތަކުން ހުށަހަޅާ ޕްރޮޕޯސަލް ދިރާސާ ކުރާނީ

ތިރީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލާ ކައުންސިލްގެ ކޮމިޓީއަކުންނެވެ.

 

  3.1  ޕްރޮޕޯސަލް ދިރާސާކުރާ ކޮމިޓީ:

ޕްރޮޕޮސަލް ދިރާސާކުރާ ކޮމިޓީގައި ހިމެނޭނީ އަންނަނިވި ފަރާތްތަކެވެ.

(ހ) ކައުންސިލްގެ 5 މެމްބަރުން.

(ށ) ގއ.ކޮނޑޭ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް.

(ނ) ކޮނޑޭ އ.ތ.މ ކޮމިޓީގެ ރައީސާ ނުވަތަ އެކޮމިތީއިން ކަނޑައަޅާ މެމްބަރެއް.

 

3.2  މާކްސްދެވޭނެ ބައިތައް:

(ހ) ޕްރޮޕޯސަލް ހުށަހެޅި މުޢައްސަސާ، ކްލަބު،ޖަމްޢިއްޔާ، ޖަމާޢަތްތުން ހުށަހަޅާފައިވާ ކަމަކަށް ކުރާ ހޭދައަށް - (ހޭދަވާ ކޮންމެ 1000.00 (އެއްހާސް) ދިވެހި ރުފިޔާއަކަށް 2 ޕޮއިންޓް މިބަޔަށް ގިނަވެގެން ލިބޭނީ 50 ޕޮއިންޓެވެ.)

(ށ) ޕްރޮޕޯސަލް ހުށަހެޅި މުޢައްސަސާ، ކްލަބު،ޖަމްޢިއްޔާ، ޖަމާޢަތްތުން ހުށަހަޅާފައިވާ ކަމެއްގައި ސީދާ ބައިވެރިވާ ފަރާތްތަކުގެ އަދަދަށް- (ބައިވެރިވާ ކޮންމެ 05 މީހަކަށް 01 ޕޮއިންޓް މި ބަޔަށް ގިނަވެގެން ލިބޭނީ  5  ޕޮއިންޓެވެ.)

(ނ) ޕްރޮޕޯސަލް ހުށަހެޅި މުޢައްސަސާ، ކްލަބު،ޖަމްޢިއްޔާ، ޖަމާޢަތްތުން ފާއިތުވި 5 އަހަރު ރަށުފެންވަރުގައި ހިންގާފައިވާ ހަރަކާތްތަކަށް- (ކޮންމެ ހަރަކާތަކަށް 01 ޕޮއިންޓް މި ބަޔަށް ގިނަވެގެން ލިބޭނީ 5 ޕޮއިންޓެވެ.)

(ރ) ޕްރޮޕޯސަލް ހުށަހެޅި މުޢައްސަސާ، ކްލަބު،ޖަމްޢިއްޔާ، ޖަމާޢަތްތުން ހިންގުމަށް ހުށަހަޅާ ކަމަކާއި، ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ނުވަތަ ތަރައްޤީގެ ޕްލޭނުގައިވާ ކަންކަމާއި ގުޅޭ މިންވަރު- ( ގުޅޭ މިންވަރެއްގެ ނިސްބަތުން އެންމެ ގިނަވެގެން 25 ޕޮއިންޓް)

(ބ) ޕްރޮޕޯސަލްގައިވާ ކަމުގެ ސަބަބުން މުޖުތަމަޢުއަށް ކުރާނެ ފައިދާ- ( ފައިދާ ލިބޭ މިންވަރެއްގެ ނިސްބަތުން އެންމެ ގިނަވެގެން 10 ޕޮއިންޓް)

 

4.  އެހީގެ މިންވަރު:

(ހ) އެހީގެ މިންވަރު ކަނޑައަޅާނީ އެހީދިނުމަށް ކަނޑައަޅާފައިވާ ކޯޑުގައި ހުރިފައިސާގެ ނިސްބަތަށާއި، ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށާއި، ދިރާސާ ކޮމިޓީގެ ރިޕޯޓަށް ބެލުމަށްފަހު ކައުންސިލްގެ ޢާންމު ބައްދަލުވުމަކުންނެވެ.

5.  އެހީދިނުން:

(ހ) އެހީ ދިނުމަށް ޝަރުތު ހަމަވާ ވަރަށް %75 (ހަތްދިހަފަހެއް އިންސައްތަ) އަށްވުރެ މަތިން މާކްސްލިބޭ ކޮންމެ ޕްރޮޕޯސްލައަކަށްމެ އެހީދެވޭނީ އެކަމަށް ގއ.ކޮނޑޭ ކައުންސިލުން އެ އަހަރަކަށް ކަޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އެ ވަގުތު ބަޖެޓްގެ އެ ކޯޑުގައި ބާކީ ހުރި މިނަވަރަކަށް ރިޢާއަތްކޮށް ހިނގަމުންދާ އަހަރު އެ ފަދަ ކަމަކަށް އިތުރު އެހެން މުޢައްސަސާ، ކުލަބު، ޖަމްޢިއްޔާ، ޖަމާޢަތަކަށް އެހީ ދީފައި ނުވާނަމައެވެ.

(ށ) ކޮންމެ މުޢައްސަސާ، ކުލަބު، ޖަމްޢިއްޔާ، ޖަމާޢަތަކަށް އެހީ ދެވޭނީ އަހަރަކު (1) އެކެއް ފަހަރު އެވެ. އެއްފަހަރު އެހީ ދީފައިވާ މުޢައްސަސާ، ކުލަބު، ޖަމްޢިއްޔާ، ޖަމާޢަތަކުން އިތުރުން އެހެކަމަށް އެހީއަށް އެދުނު ކަމުގައިވީނަމަވެސް އެހީ ނުދެވޭނެއެވެ.

(ނ) މި އުޞޫލުގެ ދަށުން ގއ.ކޮނޑޭ ކައުންސިލަށް ޕްރޮޕޯސަލް ހުށަހަލާ ގއ.ކޮނޑޭގެ އެއްވެސް މުޢައްސަސާ، ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތަކަށް އެހީދޭނީ އެހީ ދިނުމާއި ބޭނުން ކުރުމާ ބެހޭގޮތުން އެ އެހީލިބޭ މުޢައްސަސާ، ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތަކާ ގއ.ކޮނޑޭ ކައުންސިލާ ދެމެދު ފަހުމަނާމާއެއްގައި ސޮއިކުރުމަށް ފަހުއެވެ.

 

6.  މަސައްކަތް ނިންމުމާއި، ރިޕޯޓް ހުށަހެޅުން:

(ހ) މިއުޞޫލްގެ ދަށުން އެހީ ލިބޭ ކޮންމެ މުޢައްސަސާ، ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތަކުން ޕްރޮޕޯސަލްގައި ބަޔާން ކޮށްފައިވާ ކަމެއް ނުވަތަ ކަންކަން ޕްރޮޕޯސަލްގައި ބަޔާން ކުރާ މުއްދަތުގައި ނިންމުމަށްފަހު، އެކަމެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އަންނަނިވި މަޢުލުމާތު މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި އެއްވެސް މުޢައްސަސާ، ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތަކުން ކައުންސިލްގެ އެހީ ލިބި މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ހުށަހަންޖެހޭ ޑޮކިއުމަންޓްތައް ނުހުށަހަޅައިފިނަމަ އެ މުޢައްސަސާ، ކުލަބް، ޖަމްޢިއްޔާ، ޖަމާޢަތަކަށް އެހީ ދިނުން ހުއްޓާލެވޭނެއެވެ.

1. ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ރިޕޯޓް.

2. ފައިސާގެ ބިލްތަކުގެ ކޮޕީ.

3. މަސައްކަތުގެ ފޮޓޯ.

 

29 ޖަނަވަރީ 2024
ހޯދާ