މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ގެސްޓްބީޗް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ރަށުގައި ހިންގަމުންދާ ގެސްޓްހައުސް ތަކާއި، މި ކައުންސިލް ގުޅިގެން ގެސްޓްބީޗް ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މަހަކު 7000.00 ރުފިޔާ (ހަތްހާސް ރުފިޔާ) އަށް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

1 އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަންއެނގުން.

2 ޢުރުން 18 އަހަރާއި، 55 އަހަރާއި ދެމެދުގެ މިފަދަ މަސައްކަތެއް ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.

ކުރަންޖެހޭ މަސައްކަތް:

  1. ކޮންމެ ދުވަހަކު އެއްފަހަރު ބީޗް ސާފުކުރުން.
  2. މަގު ހަޑިވިޔަނުދީ ބެލެހެއްޓުން. (ގެސްޓް ބީޗްއަށް ދާމަގު)
  3. ބީޗްގައި ހުންނަތަކެތި ބެލެހެއްޓުން.
  4. ބީޗްގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ކައުންސިލަށް އެންގުން.
  5. ބީޗްގައި ހުންނަ ގަސްތައްކޮށާ ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
  • މުއްދަތުހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  • ބޭންކް އެކައުންޓް އެނގޭނެ ރަސްމީ ލިޔުމެއް.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތް / ފަރާތްތަކުގެ މެދުގައި އިންޓަވިއުކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 9:30 ގައި ކައުންސިލްގެ އިދާރާގައެވެ.

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2024
ހޯދާ