ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްލާންޓް ހައުސްއެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިހޮސްޕިޓަލުގައި ޕްލާންޓްހައުސް އެއް އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ހޮސްޕިޓަލުގެ ނަންބަރު: IUL)SH-FAH-RM/SH-FAH/2015/6)ފ(5 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015
ހޯދާ