މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްވާބި މިސްކިތުގެ އިސްކުރުބަރި މަރާމާތު ކުރުން

އައްވާބި މިސްކިތުގެ އިސްކުރުބަރި މަރާމާތު ކުރުން

 

މިރަށު އައްވާބި މިސްކިތުގެ އިސްކުރުބަރި މަރާމާތު ކުރުމަށް ބޭނުން ވެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން މަސައްކަތުގެ މައުލޫމާތުގައި ވާގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

29  ޖެނުއަރީ 2024 އިން  04 ފެބުރުއަރީ 2024 އަށް  (އާދީއްތަ)

9:00 އިން 13:00 އަށް

އަންދާސީ ހިސާބު ބަލައިގަތުން

06 ފެބުރުއަރީ 2024

އަންގާރަ

11:30

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި މިއިދާރާގެ ނަމްބަރ 6720035  ފޯނާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހުއެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއި އެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީހުށައަޅަން ވާނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

 

މާރކްސްދެވޭ ކްރައިޓީރިއަ

ތަފުސީލް

މާކްސް ދެވޭ ގޮތް

ފޯރމިއުލަރ

 

 

އަގު

  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން
  • ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ ޕަސެންޓޭޖް ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ

 

 

70%

   

       ބެންޗްމާރކްއަގު

70 x

        ހުށަހެޅިއަގު

 

 

މުއްދަތު

  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ ޕަސެންޓޭޖް ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހާލައިގެނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ މުއްދަތަށެވެ.

 

 

   25%

 

 

  

     ބެންޗްމާރކްމުއްދަތު

25 x

      ހުށަހެޅިމުއްދަތު

 

 

 

 

 

ތަޖުރިބާ

  • ބެންޗްމާކެއް ކަމުގައި ބަލާނީ ލިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލިޔުންތަކުގައިވާ މަސައްކަތްތަކުގެ ޖުމްލަ އަގު އެންމެ މަތީ ފަރާތުގެ އަގެވެ.
  • ތަޖުރިބާގެ ގޮތުގައި ބަލާނީ ކޮށް ނިންމާފައިވާ މަސައްކަތުގެ އަގު -/20000 ރުފިޔާއަށްވުރެ މަތީ އަގުގެ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށެވެ. -/20000 ރުފިޔާއަށްވުރެ ދަށުގެ މަސައްކަތްތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. މިގޮތުން އެންމެ ގިނަ ޕޮއިންޓް ދެވޭނީ، ޕޮއިންޓްދެވޭ ލިޔުންތަކުގައިވާ މަސައްކަތްތަކުގެ ޖުމްލަ އަގު އެންމެ މަތީ ފަރާތަކަށެވެ.

 

 

 

 

05%

 

 

 

   ހުށަހެޅިލިޔުންތަކުގެއަގު

05x

     ލިޔުންތަކުގެބެންޗްމާކްއަގު

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 ޖަނަވަރީ 2024
ހޯދާ