ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގުޅިތައް ނީލަންކިޔުން (1 ވަނަ އިޢުލާން)

ރުއްގުޅިތައް ނީލަންކިޔުން (1 ވަނަ އިޢުލާން)

                   ތިރީގައިމިވާ މިވާ ސަރަޙައްދުތަކުގައި ހުރި ގޯތިތަކާއި އެހެނިހެން ތަންތަނަށް ދަތިވާގޮތަށްހުރި ރުއްތައްވަނީ ކަނޑާފައެވެ.

                   މި ރުއްތައް ނީލަން ކިޔުން އޮންނާނީ 02 ފެބުރުވަރީ 2024 ވާ ހުކުރު ދުވަހު 10:00 ގައި ރުއްތައް ހުރި ސަރަޙައްދުގައެވެ. ނީލަމުން ނަންގަވާ ތަކެތި ނީލަމުން ނަގާތާ 3 ދުވަސްތެރޭ ފައިސާ ދެއްކުމަށްފަހު ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އަލުން ނީލަމަށްލައި ނުވަތަ ނައްތާލަންޖެހޭ ތަކެތި ނައްތައިލެވޭނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގަޑިއަށް މި ސަރަޙައްދަށް ދުރުވެދެއްވުން އެދެން

 

ރުއްތައް ހުރި ސަރަޙައްދު

  • ވިލާޑީލައިޓު،ހިޔާވަހި،ހަނދުވަރީމަންޒިލް ގޯތީގެ ހުޅަނގުފަރާތު ރުއްގަނޑުތެރެ (ގޯއްޗަށް ދަތިވާ ރުއްތައް)
  • ޒަމީން، ބުލޫބަރޑު، ދޫރެސް 3 ގޯތީގެ ހުޅަނގުފަރާތް ރުއްގަނޑުތެރެ (ގޯއްޗަށް ދަތިވާ ރުއްތައް)
 

                  

                 މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

28 ޖަނަވަރީ 2024
ހޯދާ