ޣާޒީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

 

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޣާޒީ ސްކޫލް، ހުޅުމާލެ

ގިންތި / ސެކްޝަން:

ދާއިމީ / އެޑްމިން ސެކްޝަން

މުސާރަ:

5020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މަޤާމް ނަންބަރު:

118195 ، 235664

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުމާއި، ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވެގެން އޮފީސް ހުޅުވުމާއި ލެއްޕުމުގެ މަސައްކަތްކުރަން ޖެހުމުން، އެކަން ކުރުން.
  • ދަރިވަރުންނާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.
  • ސްޓޮކަށާއި ޕްރެކްޓިކަލްތަކަށް ބޭނުންވާ ތަކެތި ދަތިނުވާނޭހެން ހޯދުމާއި، ތަކެތި ބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުމާއި، މިކަންކަމާ ގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކުރުން.
  • ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓުތައް، ލީޑިންގ ޓީޗަރުން ވިދާޅުވާގޮތަށް ތައްޔާރުކޮށްދިނުމާއި، ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސްބޯޑަށް އެރުވުމާއި، އެ ނޯޓިހެއްގެ ބޭނުންކެނޑުމުން، އެ ނޯޓިހެއް ނެގުން.
  • ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • ދަރިވަރުންނާ ގުޅުންހުރި އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔުންތައް ލިޔުމާއި، އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބުލިޔުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަ ތަކެތި ފޮނުވުމުގެ ކަންތައްތައް ކުރުމާއި، ފައިލްކުރަންޖެހޭ ހުރިހާ ލިޔުންތައް ފައިލްކުރުން.
  • އޮފީހުގައި ރާވައިގެން ހިންގާ އިވެންޓްތަކާއި، ފަންޑް ރެއިޒިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް، މިފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  • މީގެ އިތުރުން، ދަރިވަރުންނާ ގުޅޭ މަސައްކަތް ކުރަމުންދާ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން، ވެރިން އަންގަވާ ގޮތެއްގެމަތިން، އޭނާގެ މަސައްކަތް ކުރުން.

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

ޖީ. އެސް. 4

 އޮފިސަރ ގްރޭޑް 2

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  •  މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އިތުރުގަޑީގެ ފައިސާ: 

 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިޔު އޮންނާނީ، 2015 އެޕްރީލް 14 ވާ އަންގާރަ ދުވަހުއެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ، ޝޯޓް ލިސްޓްކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން  2015 އެޕްރީލް 13 ވާ ހޯމަދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ޣާޒީ ސްކޫލުގެ އެޑްމިން އޮފީހަށް ހުށަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޣާޒީ ސްކޫލުގެ 3350744 ނަންބަރު ފޯނަށް ނުވަތަ 3350608 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015
ހޯދާ