ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ހދ.ފިނޭގެ ޓޫރިޒަމް ޒޯން އިން ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

          ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި ހދ.ފިނޭގެ ޓޫރިޒަމް ޒޯންއިން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓުގެ 6 ޕޮލޮޓާއި 10000 އަކަފޫޓުފެ 2 ޕްލޮޓެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ. 

ރަޖިސްޓްރީ ކުރުން

  • މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 ފެބްރުއަރީ 2024  ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވައި ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަން ވާނެއެވެ.
  • ބިޑް ބައްލަވައިގަތުމުގެ ފީ އަކީ 5000 އަކަފޫޓްގެ ޕްލޮޓަކަށް 1000 ދިވެހި ރުފިޔާ އަދި 10000 އަކަފޫޓުގެ ބިމަކަށް 2000 ދިވެހި ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއި އެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިވަޑައިގަންނަވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ޓޫރިޒަމް އަށް ބިންދޫކުރުމަށް ހަމެޖެހިފައިވާ ޕްލޮޓްތައް ދައްކުވައިދޭ ޗާރޓް މި އިއުލާނާއި އެކު އާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރައްވާނަމަ ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 11 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އޮންލައިންކޮންނެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް  [email protected] އަށް ހުށަހަޅަންވާނެއެވެ.

ބީލަން ހުށައެޅުން

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފިނޭ ކައުންސިލްގެ އިދާރާގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.  
28 ޖަނަވަރީ 2024
ހޯދާ