ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މީޑިއާ އޮފިސަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 މީޑިއާ އޮފިސަރ    

ރޭންކް:

 GS3/B

ސެކްޝަން/ޑިޕާޓްމަންޓް

 މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އެޑްވާންސް ސަބްސިޑިއަރީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގެ ޚަބަރުތަކާއި ނޫސްބަޔާންތައް ތައްޔާރުކުރުން. 
  • މަޖިލީހުގެ ވެބްސައިޓަށް ޚަބަރާއި ނޫސްބަޔާންތައް އަރުވައި ބެލެހެއްޓުން.
  • ޚަބަރާއި ބެހޭ ސްޕީޗްތަށް ވެބްސައިޓަށްލައި ބެލެހެއްޓުން.
  • މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އެޕޮއިންޓްމަންޓަތަކަށް ހާޒިރުވެ، އެޕޮއިންޓްމަންޓްތަކުގެ ޚަބަރު ހެދުމާއި ފޮޓޯ ނެގުން.
  • ދުވަހުން ދުވަހަށް މަޖިލީހާއި އިދާރާގެ ޚަބަރުތަކާއި އަދި އެހެނިހެން ހަރަކާތްތަކުގެ ފޮޓޯތައް ނަގައި ގެލަރީއަށް ޤަވާއިދުން ލުން.
  • މަޖިލީހާއި އިދާރާގެ ފަރާތުން ބާއްވާ ނޫސްކޮންފަރެންސްތައް އިންތިޒާމްކުރުން.
  • މަޖިލީހުން ކުރާ މަސައްކަތްތަކާއި ބެހޭގޮތުން ޚަބަރާއި މައުލޫމާތު ފެތުރުމަށް ތައްޔާރުކޮށް ނެރެންޖެހޭ ލުއިފޮތް ނުވަތަ ދަފްތަރުފަދަ ތަކެތި ފަރުމާކޮށް އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  • ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގެ ޑިޒައިނިންގ މަސައްކަތްކުރުމާއި މަޖިލީހުގެ އިދާރާގެ އެކި އެކި ޑިޒައިނިންގ މަސައްކަތް ކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ނެރެންބޭނުންވާ ތަފާތު މަޢުލޫމާތު ތައްޔާރުކޮށް މީޑިއާއަށާއި އާންމު ފަރާތްތަކަށް ހާމަކުރުން އަދި ލިބޭނެ އިންތިޒާމް ހަޖަމެއްސުން.
  • ކޮންމެ އަހަރެއް ފެށުމުގެ ކުރިން ސެކްޝަންގެ މަސައްކަތްތައް މުޅިއަހަރަށް ރާވާލައި އެކި މުހުލަތުތަކާއި ސުންގަޑިތަކުގައި ނިންމުމަށް ތާރީޚުތައް ކަނޑައަޅައި ތައްޔާރުކުރަންޖެހޭ ސެކްޝަން ކަލަންޑަރާއި، އެކްޝަން ޕްލޭން ތައްޔާރުކޮށް ބަލަހައްޓަމުން ގެންދިއުން.
  • ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކޮށް އަދި އަހަރީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ މަޖިލީހުގެ ސެކްޝަންތަކާއި ނުވަތަ ޑިޕާރޓްމަންޓްތަކާއި ޙަވާލުކުރުން.
  • ސެކްޝަންގެ މަސައްކަތްތައް ފުރިހަމައަށް ކުރެވޭނެފަދައިން ތަނަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ހޯދައި އިންތިޒާމްކޮށް ބެލެހެއްޓުން އަދި ސެކްޝަންގައި ބޭނުންކުރެވޭ ސާމާނާއި އާލަތްތަކުގެ އިންވެންޓްރީ އަޕްޑޭޓްކޮށް މަރާމާތަށް ބޭނުންވާ ތަކެތި ފާހަގަކޮށް ބަލަހައްޓަމުން ގެންދިއުން.
  • ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޓީމްވާރކް ހަރުދަނާވެ މަސައްކަތުގެ ރޫހު ދިރޭނެގޮތުގެ މަތިން އެހެން ސެކްޝަން / ޑިޕާރޓްމަންޓްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން އަދި މަޖިލީހުގެ އިދާރާގެ މެންޑޭޓް ފުރިހަމަ ކުރެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމާއި މަސައްކަތްކުރުން.
  • މަތީގައި ބަޔާންވެގެންވާ ކަންކަމުގެ އިތުރުންވެސް މީޑިއާ ސެކްޝަނާ ގުޅުންހުރި މަސައްކަތްތައް ތަރައްޤީކޮށް ހިންގުމަށް އެހީތެރިވުމާއި ޑިރެކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކުރުމާއި ޑިރެކްޓަރު ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުން.

އުޖޫރަ:

- މަހަކު 7,150 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުޞޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

29 ޖަނަވަރީ 2024 އިން 6 ފެބްރުވަރީ 2024 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

 ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ

    

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

28 ޖަނަވަރީ 2024
ހޯދާ