މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ބައިބަޔަށް ވަކިކުރުމާއި ގުޅޭ

ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދު )ނަންބަރު 2013/58) ގެ 7 ވަނަ މާއްދާގެ (ށ) އަދި އެޤަވާއިދުގެ 5 ވަނަ މާއްދާއިން ބާރުލިބިގެން، ނ. ކެނދިކުޅުދޫގައި ކުނި މެނޭޖުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުޞޫލެއް ވަނީ އެކުލަވާލެވި ގެޒެޓްކުރެވިފައެވެ. މިއުޞޫލުގައި ކުނި އުކާލުމާއި ކުނިމެނޭޖު ކުރުމުގެ ކަންކަން ވަރަށް ޞަރީޚަކޮށް ބަޔާންކޮށްފައި ވީއިރުވެސް، ވަރަށް ގިނަ އާންމު ރައްޔިތުން ކުނި އުކާލާއިރު އަދި އުކާލުމަށް ނެރޭއިރު މިއުޞޫލާ ޚިލާފުވާކަންވަނީ ފާހަގަ ކުރެވިފައެވެ. ވުމާއެކު ދަންނަވަމެވެ. ކުނި އުކާލުމަށް ނެރޭއިރު ކަނޑައެޅިފައިވާ އުޞޫލުގެމަތިން ބައިބަޔަށް ވަކިކުރެއްވުމަށްފަހު ނެރުއްވުމަށް ދަންނަވަމެވެ. އުކާލެވޭ އެންމެހާތަކެތި ނެރުމުގައި ބައިބަޔަށް ވަކިކުރާނެގޮތާއި ސަމާލުކަންދޭންވީ ކަންކަމުގެ ތަފުޞީލް ތިރީގައި އެވަނީއެވެ. އެގޮތުން ކުނި ބައިކުރާނީ 11 ބަޔަކަށެވެ. އެއީ:

1. ބަދިގެކުނި / ވެޓް ގާބޭޖު

2. ޕްލާސްޓިކު ފުޅި/ ޕްލާސްޓިކު

3. ދަޅު

4. ފަތްކުނި

5. ބިއްލޫރި

6. ދަގަނޑު

7. ނެޕީ / ޕެޑު

8. ބޮނބި، ނާށި، އޮށްތޮށި

9. ފޮތި

10. ކާޑުބޯޑު، ކަރުދާސް (ފޮށިގަނޑުތައް ފަޅާ ފަތްޖަހާފައި)

11. ބޮޑެތި ކުނި (ފަންތޮށި، ދަރު  5 ފޫޓަށްވުރެ ދިގުނުވާނޭހެން ބުރިކޮށް ބޮނޑި ބަނދެފައި)

އަދިދަންނަވަމެވެ. ކުނި ނެރުއްވާއިރު ބައިބަޔަށް ވަކިކޮށްފައިނުވާނަމަ، ކުނި އުކާލުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ނުގެންދާނެ ވާހަކަވެސް ދަންނަވަމެވެ. މިއުޞޫލާއި ޚިލާފަށް އަމަލު ކުރުމަކީ ކުށެއްކަމުގައި ވީހިނދު، ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް، މިކައުންސިލުން އަޅާނެ ވާހަކަ އެންމެހައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13    ރަޖަބު   1445

24    ޖަނަވަރީ  2024

24 ޖަނަވަރީ 2024
ހޯދާ