އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ.ކާޑު ޔުނިޓަށް ބޭނުންވާ ތަކެތި ގަތުމާބެހޭ

އައްޑޫސިޓީ ކައުންސިލް އިދާރާގެ ހިތަދޫ އަވަށުގެ އޮފީހުގެ އައި.ޑީ.ކާޑު ޔުނިޓަށް ބޭނުންވާ ތަކެތި ގަތުމާބެހޭ

އައްޑޫސިޓީ ކައުންސިލް އިދާރާގެ ހިތަދޫ އަވަށު އޮފީހުގެ އައި.ޑީ ކާޑު ޔުނިޓުގައި ބޭނުން ކުރުމަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

- 01 ޑިޖިޓަލް ކެމެރާ

- 02 ސިގްނޭޗަރ ޕެޑް

- 02 ފިންގަރޕްރިންޓް ޑިވައިސް

ވީމާ، މިއިދާރާއަށް މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ