ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2024 ވަނަ އަހަރުގެ 5 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 28 ޖަނަވަރީ 2024

ނަންބަރ: (IUL)327-A/327/2024/28

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ 25 ޖަނަވަރީ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 5 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ކުޑަކުދިންގެ ޕާރކް ތަރައްޤީކުރާ ބިމުގައި ކެފޭ / ކެންޓީން އޭރިއާ ތަރައްގީކުރާ ބިން ކުއްޔަށް ދޫކުރުންމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/2 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝޮޕަރީއަށް މި ބީލަން އެވޯޑު ކުރަން ފެންނަކަމަށް ނިންމުން.

2)     ނައިފަރުގައި ތަރައްޤީ ކުރެވެމުންދާ ފުޓްސަލް ދަނޑުގެ ފެންސް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/3 އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ ދެބީލަމުގެ އަގަކީވެސް ބަޖެޓް ކުރެވިފައިވާ އަގަށް ވުރެން ބޮޑު އަގުތަކެއް ކަމުގައިވާތީ މި ދެބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.

3)     ނައިފަރު ބަނދަރުގައި ބެހެއްޓިފައިވާ ޔުޓިލިޓީ އައުޓްލެޓްތަކަށް ފެނާއި ކަރަންޓް (ފޭސް 3) ގުޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/1 އިޢުލާނާ ގުޅިގެން، ބީލަމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތެއްކަމުގައިވެފައި މިފަރާތުން ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް ބަޖެޓްކޮށްފައިވާ އަގަށްވުރެން ބޮޑުއަގެއްކަމުގައިވާތީ، މި ބީލަން ބާތިލްކޮށް އަލުން އިޢުލާން ކުރަން ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                                 28 ޖަނަވަރީ 2024

25 ޖަނަވަރީ 2024
ހޯދާ