ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރުން ކަރަންޓް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ބަނދަރުން ދޫކުރާ ކަރަންޓަށް އަގުނެގުމާއި ބެހޭ:

                  ކުޑަހުވަދޫ ބަނދަރުން ދޫކުރާ ކަރަންޓުން 1 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަގުނެގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބަނދަރުން ކަރަންޓުގެ ޚިދުމަތް ހޯއްދެވުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅިދާނެއެވެ. ކަރަންޓުގެ ޚިދުމަތް ދޫކުރާނީ ހަމައެކަނި ކުޑަހުވަދޫ ބަނދަރުގައި ބަނދަރުކުރާ އޮޑިފަހަރުގެ މަސައްކަތަށް އެކަންޏެވެ. މަގުހުރަސްކޮށް އެއްވެސް މަސައްކަތެއް ކުރަން ކަރަންޓުގެ ޚިދުމަތެއް ދޫކޮށް ނުދެވޭނެއެވެ. ބަނދަރުގައި ޤާއިމްކޮށްފައިވާ ކަރަންޓް ޚިދުމަތް ދޫކުރާ އެއްސޮކެޓުން ޚިދުމަތް ދޫކުރެވޭނީ އެއްއުޅަނދަށެވެ. ޚިދުމަތަށް އެދޭ ފަރާތްތަކުން ޚިދުމަތަށް އެދެވޭނީ ހެނދުނު 8.00 ން ރޭގަނޑު 10.00 އާ ދެމެދުއެވެ. އަދި ކަރަންޓަށް އެދޭ ފޯމް ކުޑަހުވަދޫ ބަނދަރު ސެކިއުރިޓީ ހަޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކުޑަހުވަދޫ ބަނދަރު ސެކިއުރިޓީ ހަޓަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބަނދަރުން ކަރަންޓް ދޫކުރުމާބެހޭ އުޞޫލް ގެޒެޓްކުރެވިފައި ވާނެއެވެ.

                  2024 ފެބުރުވަރީ 1 ވަނަ ދުވަހުންފެށިގެން ކަރަންޓަށް އެދޭ ފޯމް ބަނދަރު ސެކިއުރިޓީ ހަޓުން ލިބެންހުންނާނެއެވެ. ފައިސާ ބަލައިގަންނާނީ 7730000135156 ( އެކައުންޓް ނަން 1430 REVENUW 01 ) މިއެކައުންޓަށް ޓްރާންސްފާ ކޮށްގެންނެވެ. ފައިސާ ޓްރާންސްފާކުރި ސްލިޕް ފޮނުވާނީ 7253467 ނަންބަރު ފޯނަށެވެ.

                  ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޖަނަވަރީ 2024
ހޯދާ