މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލޭ އިންގްލިޝް ސްކޫލް ހިންގި ޢިމާރާތް ހުސްކުރުމާބެހޭ

މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) ހިންގި ޢިމާރާތް ހުސްކުރުމާބެހޭ

މާލޭ އިންގްލިޝް ސްކޫލް ހިންގި ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި 2009، ޑިސެންބަރު 28 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، އެޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ، މިމިނިސްޓްރީން ވާނީ އެއެއްބަސްވުން 2015 މާރިޗު 03 ވަނަ ދުވަހު ނިމުމަކަށް ގެނެސްފައެވެ. އަދި ހަމަމިއާއެކު، 2015 މެއި 30 ގެ ނިޔަލަށް ޢިމާރާތް ހުސްކޮށް، މިމިނިސްޓްރީއާ ހަވާލުކުރުމަށްވެސް، އެއްބަސްވުމުގައި ބައިވެރިވާ ފަރާތަށް އަންގާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ