މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިސިންގ ޕްރޮގްރާމުގައި ބައިވެރިވުމާއި އެންޓްރަންސް ކްރައިޓީރިޔާއާ ބެހޭ

މެޑިސިންގ ޕުރޮގްރާމުގައި ބައިވެރިވުމާއި އެންޓްރަންސް ކްރައިޓީރިޔާއާ ބެހޭ

މިއަދުން ފެށިގެން މެޑިސިންގ ކޯސްތަކުގައި ބައިވެރިވުމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ އެންޓްރަންސް ކްރައިޓީރިޔާ (Minimum requirements for entry in to a basic Medical/Dental Programme) ކައުންސިލްގެ ވެބްސައިޓް www.mmc.gov.mv އިން ޝާއިޢުކޮށްފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އެކި ޤައުމުތަކުގެ ތަޢުލީމީ މަރުކަޒުތަކުގައި މެޑިސިންގ ކިޔެވުމަށް ބައިވެރިވެވޭ ފެންވަރު ވަރަށް ތަފާތެވެ. ނަމަވެސް، ރާއްޖޭގެ މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީ ކުރުމަށް ބެލެވޭނީ މިއެންޓްރަންސް ކްރައިޓީރިޔާ ހަމަވެގެން، މެޑިސިންގ ކޯސް ފުރިހަމަކޮށް ލިބިފައިވާ ސެޓުފިކެޓުތަކެވެ. ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ޖުމާދަލްއާޚިރާ 1436       

02 އޭޕްރިލް 2015
ހޯދާ