މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ފުޓްސެލް ފިއެސްތާ 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި އިޢުލާންވަނީ 28 ޖަނަވަރީ 2024 08:02 ގައި ބާތިލް ކުރެވިފައެވެ.


ޢިޢުލާން

"ކައުންސިލް ފުޓްސެލް ފިއެސްތާ 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                ރ.ރަސްމާދޫ ކައުންސިލުން، ރަށުގެ ޒުވާނުންނަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ ފުޓްސެލް މުބާރާތް "ކައުންސިލް ފުޓްސެލް ފިއެސްތާ 2024" މިއަހަރުގެ މާރިޗް 15 ވާ ހުކުރު ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.  

              މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް، މިއަދުން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހު ތާރީޚްއަކީ 25 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ޖަނަވަރީ 2024
ހޯދާ