އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

ޕްރޮގްރާމް:އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

ޖާގައިގެ ޢަދަދު:15

 

 

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 8 ވަނަ އިންޓޭކް (17 މާރިޗު 2024) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 15 ފެބުރުވަރީ  2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ. މި އިންޓޭކްގައި ފުރަސަތު ދެވޭނީ 15 ފަރާތަކަށެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
  3. ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
  4. ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
  5. ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ
  6. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް

ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްެރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް   www.igmh.gov.mvއިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށައި.ޖީ.އެމް.އެޗް ގެ މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު 15 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން  އަައި.ޖީ.އެމް.އެޗް ގެ މެޑިކަލް އިންޓަރންޝިޕް އޮފީހަށް ހުށަހެޅުން އެދެމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ.

(ނޯޓް: ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.)

ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނެ ގޮތް

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްެރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335191 ފޯން ނަންބަރަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                        25 ޖަނަވަރީ 2024

 

25 ޖަނަވަރީ 2024
ހޯދާ