މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ދީނީ ޢިލްމުވެރިއެއް ހޯދުން

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން މި މިނިސްޓްރީން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ދީނީ ޢިލްމުވެރިޔަކު ހޯދަމަށްް ކުރެވުނު ނަންބަރު: IUL)142-E1/1/2015/44)ފ(23 މާރިޗު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްްވުމަށްފަހު 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ..

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3315166 ފޯނުގެ 219 އަށެވެ.

09 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ