މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންޓެންޓް ކްރިއޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                               އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2024/4

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ކޮންޓެންޓް ކްރިއޭޓަރ

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން 1,750/- ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް 1,250/- ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް 750/- ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ކޮންޓެންޓް ކްރިއޭޝަން

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް ރިސަރޗް ބޭސްޑް ކޮންޓެންޓްތައް ތައްޔާރުކުރުން.
  2. ތައްޔާރުކުރެވޭ ކޮންޓެންޓްތަކުގެ ޑްރާފްޓްސް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުމަށްޓަކައި،  ސުޕަރވައިޒަރުގެ ލަފާގެ މަތިން މަސައްކަތް ރާވާ ތަރުތީބު ކުރާނެގޮތުގެ ތާވަލެއް އެކުލަވާލުން.
  3. މާކެޓިންގ ޓީމްތަކާ ގުޅިގެން އާޓިކަލްތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމާއި، ކަނޑައެޅޭ ޑެޑްލައިންތަކަށް މަސައްކަތްތައް ނިންމުން. 
  4. އިންޑަސްޓްރީގައި ބޭނުން ކުރާ ބެސްޓްޕްރެކްޓިސްތަކާއި، މި ކޯޕަރޭޝަނުން ޙާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަށް ރިޢާޔަތްކޮށްގެން އުފެއްދުންތެރި ޚިޔާލުތަކަށް ކޮންޓެންޓްތައް ތައްޔާރުކުރުން.
  5. އިންޑަސްޓްރީއާ ގުޅުންހުރި ކޮންޓެންޓްތައް ތައްޔާރުކޮށް އެކިއެކި ޕްލެޓްފޯމުތަކުގައި ޝާޢިއުކުރުން.
  6. ކޯޕަރޭޝަނުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރެވޭނަފަދަ ގޮތަކަށް ކޮންޓެންޓްތައް ތައްޔާރުކުރުން.
  7. ކޯޕަރޭޝަނުން ފޯރުކޮށްދެވޭ މެސެޖުތަކުގެ ސްޓައިލް، ފޮންޓް އަދި ބަހުރުވަ އަދި ވައްޓަފާޅި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުންންކަން ކަށަވަރުކުރުން.
  8. އެކިއެކި މީސްމީޑިއާގެ ވަޞީލަތްތަކާއި، އިންޓަރވިއުތަކާއި، ކޭސް ސްޓަޑީސްތައް ދިރާސާކޮށްގެން އިންޑަސްޓްރީ އާއި ގުޅުންހުރި މައުޟޫތައް ފާހަގަކޮށް، އެފަދަ މައުޟޫތަކާއި، ތީމްސްތަކަށް ކޮންޓެންޓް ތައްޔާރުކުރުން. 
  9. ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ސައްހަކަން ކަށަވަރުކޮށް، ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކޯޕަރޭޝަންގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމާއި އަދި ކޮންޓެންޓްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭ މެސެޖަކީ އާންމުންނަށް ދޭހަވާނެ ފަދަ ގޮތަކަށް ރައްދުކުރެވިފައިވާ މެސެޖެއް ކަން ޔަޤީންކުރުން.
  10. ކޯޕަރެޝާނުން ތައްޔާރުކުރެވާ ކޮންޓެންޓް ތަކުގެ ފެންވަރު ދެމެހެއްޓުމާއި، އެތަކެތީގެ ސައްހަކަން ކަށަވަރުކޮށް ޕްރޫފް ރީޑް ކުރުން.
  11. މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން.
  12. ކޮންމެ އަހަރަކު ތައްޔާރުކުރާ އަހަރީ ބަޖެޓް އަދި މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  13. ބްރެއިންސްޓޯމިންގ ސެޝަންތަކުގައި ބައިވެރިވެ، އުފެއްދުންތެރި ޚިޔާލުތަކާއި، އައުގޮތްތައް ހުށަހެޅުން.
  14. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

31 ޖެނުއަރީ 2024 ވަނަ ވާ ބުދަ ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

24 ޖަނަވަރީ 2024
ހޯދާ