މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ހޯދުމާބެހޭ

މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ހޯދުމާބެހޭ

1- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް، މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މި ގޮތުން މި މަޝްރޫޢުގެ ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2- މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

3- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ޕްރޮޕޯސަލްއާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

4- މި މަސައްކަތުގެ ބީލަން ފޮތް ( ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް ) 06 އެޕްރީލް 2015 އިން 29 އެޕްރީލް 2015 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މިނިސްޓްރީން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައިވެސް ބީލަންފޮތް ޝާއިޢުކުރެވިފައިވާނެއެވެ.

5- މި މަސައްކަތުގެ ޕްރީ- ޕްރޮޕޯޒަލް މީޓީންގ 14 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

6- ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 06 މޭ 2015 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

   އަމީނީމަގު،

   މާލެ، ދިވެހިރާއްޖެ.

   އީމެއިލް އެޑްރެސް: [email protected]

              [email protected]

01 އޭޕްރިލް 2015
ހޯދާ