ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ފެންޕްލާންޓް ބިން، ވިޔަފާރީ ބޭނުމަށް ކުއްޔަށް ދިނުން

މި އިޢުލާންވަނީ 11 ފެބުރުވަރީ 2024 10:40 ގައި ބާތިލް ކުރެވިފައެވެ.


ކުރީގެ ފެންޕްލާންޓް ހުރި ބިން 20 އަހަރު ދުވަހަށް ކުއްޔަށްދޫކުރުމަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލުން ވަނީ ނިންމާފައެވެ. މިބިމުގައި ތެލުގެ ވިޔަފާރީ ފިޔަވައި އެނޫން ވިޔަފާރިތައް ކުރުމުގެ ހުއްދަ ދެވޭނެއެވެ.

 

ބިމާއިގުޅޭ މަޢުލޫމާތު:

* ބިމުގެ ބޮޑުމިން: 53×70 (3710 އަކަފޫޓް)

* ވަށާފާރު: ނެތް                     

* ބިން އޮތްތަން: މަޑިފުށީ ޕޮލިސްޓޭޝަންގެ ހުޅަނގުން ( އިޢުލާނާއެކު ސަރަހައްދު ޗާޓެއް ޢާއްމު ކުރެވިފައިވޭނެ)

* މި ބިމުގައި 315އަކަފޫޓްގެ ޢިމާރާތެއް އެބަހުރި ( ހިޔާކޮށް،ސިމެންތިޖަހައި، ސީލިންގ ކޮށްފައި )

* ޢިމާރާތް ހުރީ ދޮރުތައް މަރާމާތުކޮށްލައިގެން ބޭނުން ކުރެވޭ ޙާލަތުގައި..

 

ބީލަމުގައި ބައިވެރިވުން:

      މިބިން ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު އުސޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/1000ރ ( އެއްހާސް ރުފިޔާ ) ދެއްކުމަށް ފަހުގައެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ފިހާރަ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވައި ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 08:00 އިން 13:00 އަށް މިއިދާރާ އަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުވަންވާނެއެވެ. މެއިލް ކުރައްވާނަމަ [email protected] އަށެވެ.

 

 

 

 

 

 

 

ބީލަން ފެށޭ އަގާއި ބީލަން ކާމިޔާބުކުރުން

 

      މި ބިން ކުއްޔަށް ދޫކުރުމަށް ފެށޭ އަގަކީ މަހު ކުލީގެ ގޮތުގައި އަކަފޫޓަކަށް 0.70 (ހަތްދިހަ ލާރި )އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު 0.5 ( ފަސްލާރި ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގައި ލިބޭ އަގުތައް އެދުވަހުގެ 14:00 ގެ ފަހުން ކައުންސިލްގެ އިދާރާއިން ނޯޓިސް ޢާންމުކުރާ ބޯޑުތަކުގައި ޢާންމުކުރެވޭނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތުގެ މަޢުލޫމާތު ކައުންސިލަށް ހުށަހެޅުމަށްފަހު އެފަރާތަކާއިއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން މިބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށްހިފާ ފަރާތުން  2މަހުގެ ކުލި ދައްކަންޖެހޭނެއެވެ.

       ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2024
ހޯދާ