ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސްކޫލު އުތުރު އިމާރާތުގެ ސީލިންގް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

 

 

                      ނަންބަރު: GS55/IUL/2024/04

 

 

ކިނބިދޫ ސްކޫލު އުތުރު އިމާރާތުގެ ސީލިންގު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

 

 

 

 

މި ސްކޫލުގެ އުތުރު އިމާރާތުގެ ސީލިންގ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

 

ތާރީޚް

ތަފްޞީލް

ގަޑި

ތަން

24 ޖަނަވަރީ 2024 ން 28 ޖަނަވަރީ 2024

ބިޑުގައި ރެޖިސްޓްރީވުން

09:00 – 13:00

ކިނބިދޫ ސްކޫލް

29 ޖަނަވަރީ 2024

މަޢުލޫމާތު ސާފުކުރުން

11:00 ގައި

ކިނބިދޫ ސްކޫލް

4 ފެބުރުވަރީ 2024

އަންދާސީ ހިސާބު ހުށަހެޅުން

12:45

 

ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ނަން ނޯޓު ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓު ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

 

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު މި ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޯން: 6780095

އީ-މެ އިލް: [email protected]

24 ޖަނަވަރީ 2024
ހޯދާ