މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ޚާއްސަކޮށް ގޭބިސީތަކަށް ހަދިޔާކުރާ ކާޑުގެ ބާވަތްތައް ގެނައުމަށްޓަކައި ، ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުން

އިޢުލާން

ރަމަޟާންމަހަށް ޚާއްސަކޮށް ގޭބިސީތަކަށް ހަދިޔާކުރާ ކާޑުގެ ބާވަތްތައް ގެނައުމަށްޓަކައި ، ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުން

        ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަހަރުގެ ރަމްޝާންމަހަށް ޚާއްޞަކޮށްގެން ހަދިޔާކުރެއްވުމަށް ނިންމަވާފައިވާ ކާޑުގެ ބާވަތްތައް މިރަށަށް ގެނައުމަށްޓަކައި ހިންމފުށީގައި ދިރިއުޅޭ ގޭބިސތަކުގެ ޢަދަދު (ގޭގޭގައި ވަކިން ކައްކައި ކައިބޮއި ހަދާ އާއިލާތަކުގެ ޢަދަދު ) ހޯދަން ބޭނުންވެއެވެ.  

        ވީމާ، މިފަދަ ގޭބިސީތަކުން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ (މާދަމާ) 12:00 ގެ ކުރިން ކައުންސިލަށް ދުރުވެ ނުވަތަ ކައުންސިލްގެ 6642024 ނަމްބަރު ފޯނާއި ގުޅުއްވައި ނަންނޯޓް ކޮށްދެއްވުން އެދެމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2024
ހޯދާ