ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

މަޤާމު

 އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ   

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ފެސިލިޓީ މެނޭޖްމެންޓް    

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު -/1562.75 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/700 ރުފިޔާ

އިތުރު އިނާޔަތްތައް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

3. ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ އޭސީ ގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

2- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ އިލެކްޓްރިކަލް  ގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

3- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ ޕެނަލްބޯޑުތަކުގެ  ގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

4- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރާ ހޮސްޕިޓަލްގެ ހުރިހާ ލިފްޓްތަކެއްގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

5- ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތްތައް ލޮގް ކުރެވި ހަވާލުވެ ހުރި ސުޕަވައިޒަރއަށް އަދާހަމަ ކޮށްދިނުން

6- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ އޭސީ އެންޑް އިލެކްޓްރިކަލް ސެކްޝަނުން ކުރެވޭ ޑީބޯޑުތަކުގެ  މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

7- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ ވަޑާމުގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

8- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ ފެންވައިރިންގ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

9- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ މޭޝަނަރިންގ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

10- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ މަރާމާތްތަކުގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

11- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ ވެލްޑިންގް މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

12- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ މެކޭނިކަލް މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

13- ފެސިލިޓީ މަނޭޖްމަންޓްގެ ދަށުން ކުރިއަށްދާ މެއިންޓަނަންސް ޑިވިޝަންގެ ޖެނެރަލް މެއިންޓަނަންސް ސެކްޝަނުން ކުރެވޭ ޕުޓީ އަދި ދަވާދާއި ކުލަލުމުގެ މަސައްކަތްތަކުގައި ސުޕަވައިޒަރާއި ގުޅިގެން ރާވާ ހިންގުން

14-ފެސިލިޓީ މެނޭޖްމަންޓްގެ ދަށުނން ކުރިއަށްދާ މުޅި މެއިންޓަނަންސްގެ މަސައްކަތްތަކުގައި ޑިރެކްޓަރ އަދި އެސިސްޓަންޓް ޑިރެކްޓަރ އަށް އެހީތެރިކަން ދިނުން

15- ވެރިޔާ އަންގާ އަދި ހަވާލުކުރާ މަސައްކަތްތައް ކުރުމާއި ހަވާލުކުރެވޭ ދިމަތަކުގައި އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުތު

 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ' ސެކަންޑްރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
  11. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

24 ޖަނަވަރީ 2024
ހޯދާ