މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސް.އެސް ޓީވީން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތް

އެސް.އެސް ޓީވީގެ ފަރާތުން، 1445 ވަނަ އަހަރުގެ ރަމަޟާންމަހު، އިސްރަށްވެހިންނަށް ޙާއްސަކޮށްގެން މުޅިރާއްޖެއަށް ހުޅުވާލައިގެން ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
މިމުބާރާތަކީ އެމީހަކު ހުރިތަނެއްގައި ހުރެގެން ފޯނު ނުވަތަ ކެމެރާގެ ޒަރީއާއިން އެބޭފުޅެއްގެ ކިޔެވުން ރިކޯޑުކުރެއްވުމަށްފަހު ފޮނުވުމުން އެކިޔެވުމެއް މި މުބާރާތުގައި ބައިވެރިކުރެވޭގޮތަށް ހަމަޖައްސާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެސް.އެމް.އެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމުން، ސަން ސިޔާމް މީޑިޔާއިން އެފަރާތަކަށް ގުޅުއްވާ އިތުރު މަޢުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި މި މުބާރާތުގެ އެއްވަނަ އިނާމަކަށް ސަން ސިޔާމް މީޑިޔާގެ ފަރާތުން ވަނީ އުމުރާ ދަތުރެއް ހަމަޖައްސަވާފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސް.އެމް.އެސް ކުރައްވާނެ ގޮތަކީ؛
Island (send to) 2747 IR (space) Name, Age,
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2024
ހޯދާ